މާލޭގެ ސްކޫލުތަކުގެ ގުރޭޑް އެކަކަށް ވަނުމަށް 2،000 އަށް ވުރެ ގިނަ ފޯމު

Mon, 06 May 2024 10:30 AM

View on this article on Hoara Online

މާލޭގެ ސްކޫލުތަކުގެ ގުރޭޑް އެކަކަށް ވަނުމަށް 2،000 އަށް ވުރެ ގިނަ ފޯމު
އަންނަ ދިރާސީ އަހަރުގައި މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ގްރޭޑް އެކަކަށް ވެއްދުމަށް އެދި 2000 އަށް ވުރެ ގިނަ ފޯމް ހުށައަޅައިފި އެވެ.

ދިރާސީ އައު އަހަރުގައި މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ކުދިން ވެއްދުމަށް ފޯމް ހުށައެޅުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހަށް ހަމަވާނެއެވެ. 

އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގެ ސްކޫލުތަކުގެ ގުރޭޑް އެކަކަށް ވަނުމަށް މިހާތަނަށް 2،290 ފޯމު ލިބިފައިވާ ކަމަށެވެ. ގުރޭޑް އެކެއް ފިޔަވައި އެހެނިހެން ގްރޭޑްތަކަށް ވަނުމަށް 1،450 ފޯމު އަދި އަތޮޅުތަކުގެ ސްކޫލްތަކުން މާލެ ސްކޫލްތަކަށް ބަދަލުވުމަށް އެދި 790 ފޯމު ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ ހުރިހާ ފޯމަކަށް މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ދިނުމަށް މިދަނީ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަ އަހަރު ފުރިފައިވާ އެކަމަކު 7 އަހަރު ނުފުރޭ ކުދިންނަށް ގުރޭޑް އެކަކަށް ވަނުމުގެ ފުރުސަތު ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. 



2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވަނީ ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން އަންނަ ދިރާސީ އަހަރު ގްރޭޑް އެކަކަށް ބަދަލުކުރެވޭނެކަމަށެވެ. އެ ކުދިން ވާންޖެހެނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 6 އަހަރު ފުރި، 7 އަހަރު ނުފުރޭ ކުދިންނަށެވެ.

ނަމަވެސް އަހަރުގެ މެދުތެރެއަށް ދިރާސީ އަހަރު ފަށާގޮތަށް ބަދަލުކުރުމުން ފާއިތުވި ދެ އަހަރު، ގްރޭޑް 1 އަށް ވެއްދީ ޑިސެމްބަރު މަހުގެ ނިޔަލަށް ހަތް އަހަރު ފުރިފައިވާ ކުދިންނެވެ.



More from Hoara Online