16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ވ.އަތޮޅުގެ ގިރިއަކަށް އަރައިފި

Sun, 05 May 2024 11:07 AM

View on this article on Hoara Online

16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ވ.އަތޮޅުގެ ގިރިއަކަށް އަރައިފި
މުދާ ބަރުކޮށްގެން ދަތުރު ކުރި ބޯޓެއް ފަރަށް އަރައިފި އެވެ.

ފަރަށް އަރާފައި ވަނީ މާލެ އިން ގދ. ފަރެސްމާރޮޑާއަށް ދަތުރުކުރަމުން ދިޔަ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓޭކެވެ. ރޭ ގާތްގަނޑަކަށް 10 ޖަހާއިރު އެ ވޯޓު ފަރަށް އެރުމާއެކު އެމްއެންޑީއެފުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ބޯޓު ފަރަށް އަރާފައި ވަނީ ވ. އަތޮޅު ފުލިދުއާއި ތިނަދުއާ ދޭތެރޭ އޮންނަ ފަރަކަށެވެ.



އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި ތިބީ 16 މީހުން ކަމަށެވެ.

"ބޮޑު ދިޔައިގައި ކަފު ޖަހާނެ ބޯޓެއް އައުމާއެކު ފުންކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައި. މީހުންގެ ހާލު ރަގަޅު،" އެމްއެންޑީއެފް އިން ބުންޏެވެ.

އިތުރަށް ބުނީ ފުންކުރުމުގެ މަސައްކަތް ކުރާނީ ފާސްޓް އިންސްޕެކްޓާ ކްރާފްޓް ޑައިވަރުންގެ ވެސް އެހީތެރިކަމާ އެކު ކަމަށެވެ.



More from Hoara Online