ހުޅުމާލެއިން މީޑިއާ ވިލެޖަށް ބިމެއް ކަނޑައަޅައިފި

Sat, 04 May 2024 02:40 PM

View on this article on Hoara Online

ހުޅުމާލެއިން މީޑިއާ ވިލެޖަށް ބިމެއް ކަނޑައަޅައިފި
މީޑިއާތަކަށް ހާއްސަކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތް ގޮތަށް، ތަރައްގީކުރާ މީޑިއާ ވިލެޖު އަޅާނެ ބިން ކަނޑައަޅައިފި އެވެ. 

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވަނީ ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސްކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ. 



ނައިބު ރައީސް  ވިދާޅުވީ، މި ސަރުކާރަކީ ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށާއި އިންތިގާލީ މަރުހަލާގައި ރައީސް އިސްނަންގަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވާ ކަމަށެވެ. 

ރައީސް  ވައުދާ އެއްގޮތަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މިންވަރު ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ދެއްވި އެވެ.

މީގެ އިތުރުން ނޫސްވެރިންނަކީ ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވާ ބައެއް ކަމަށާއި، ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދެނީ ނޫސްވެރިން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ގައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. 

ރައީސް ޑރ.މުއިއްޒު މީޑިއާ ވިލެޖެއް ތަރައްގީކޮށްދެއްވާނެ ކަމަށް  ވިދާޅުވީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހުމުން މީޑިއާތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ކަންބޮޑުވުން މީޑިއާތަކުން ފާޅުކޮށްފައި ވާތީ އެވެ.

މީޑިއާ ވިލެޖު ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތީ، އިންތިހާބުވުމަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ގުންޒަރުގަ އެވެ. 

 



More from Hoara Online