ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް އަނެއްކާ ވެސް ބިން ވިއްކަނީ

Thu, 02 May 2024 11:38 PM

View on this article on Hoara Online

ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް އަނެއްކާ ވެސް ބިން ވިއްކަނީ
ތިލަފުށިން އަލަށް ހިއްކި ސަރަހައްދު (ތިލަފުށި ފޭސް 2) އިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލުން ހުޅުވާލަައިފި އެވެ.

އެގޮތުން ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭގެ އޭރިޔާ ބީގައި މިހާތަނަށް ނުވިކިހުރި ބިންތަކެވެ. ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:



  • ޓައިޕް 1، 4999 - 2500 އަކަފޫޓު، 64 ގޯތި
  • ޓައިޕް 2، 9999 - 5000 އަކަފޫޓު، 42 ގޯތި
  • ޓައިޕް 3، 10000 - 14999 އަކަފޫޓު، 2 ގޯތި
ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން، ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް ބިން ގަތުމަށް އެދޭ ފަރާތްތަކުން އިއުލާނާއެކު އެކީވާ ފޯމު ފުރިހަމަކޮށް، [email protected] އަށް އީމެއިލް ކުރުމަށް އެޗްޑީސީން އެދިފައިވެ އެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެ ކަމަށްވާއިރު، އެތަނުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރެ އެވެ.

ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާއެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމަށް ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބޭނެ އެވެ.



More from Hoara Online