އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނައިސް އައްޔަންކޮށްފި

Thu, 02 May 2024 02:05 PM

View on this article on Hoara Online

އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނައިސް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުﷲ އުނައިސް އައްޔަންކޮށްފި އެވެ.

އީސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އީސީގެ މެންބަރު ކަމަށް މިދިޔަ އޭޕްރީލް 15 ވަަނަ ދުވަހު އައްޔަންކުރެއްވުމާ ގުޅިގެންނެވެ.



ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޒަކަރިއްޔާ އިސްތިއުފާ ދެއްވުމުން ވަގުތީގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައި ވަނީވެސް އުނައިސްއެވެ.

އުނައިސް ވަނީ 15 ނޮވެމްބަރު 2005 އިން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. އެންމެ ފަހުން ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

އުނައިސް ވަނީ މާސްޓަރސްއިން ބިޒްނަސް ސްޓަޑީސް އާއި އައިޓީ ޑިގްރީ ހޮނަރސް ހާސިލް ކުރައްވާފަ އެވެ.



More from Hoara Online