ބޯކޮށް ވާރޭ ވެހި، ފޯކައިދޫ ފެނު އަޑީގައި

Tue, 30 Apr 2024 02:30 PM

View on this article on Hoara Online

ބޯކޮށް ވާރޭ ވެހި، ފޯކައިދޫ ފެނު އަޑީގައި
މިއަދު ބޯކޮށް ވެހުނު ވާރޭގައި މުޅި ށ. ފޯކައިދޫގައި ފެން ބޮޑު ވެއްޖެއެވެ.

ފޯކައިދޫގެ މަގުތަކުގައި ކަކުލުން މައްޗަށް ފެން ބޮޑުވެފައި އޮތްއިރު، ބައެއް ގޭގެ ސިޓިން ރޫމާއި ކޮޓަރިތަކަށް ވެސް ފެން ވަދެފައި އޮތެވެ. އަދި ގޭގައި ހިފާ ގެންގުޅޭ ސަމާނާ ވެސް ފެނުގެ އަސަރު ކޮށްފައި އޮތް މަންޒަރު ފޮޓޯތަކުން ފެނެ އެވެ.



މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށް ރަށުގައި ވެސް ފެންބޮޑުވެއެވެ.

އެގޮތުން ދާދިފަހުން އައްޑޫ އަތޮޅު ފޭދޫގައި ވެސް ވަނީ ފެންބޮޑުވެ 40 އަށްވުރެ ގިނަ ގެޔަށް ގެއްލުން ވެފަ އެވެ.

ފޯކައިދޫ ކައުންސިލުގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ ރަށުގައި ފެން ބޮޑުވީ މީގެ ދޮޅުގަޑިއިރެއްހާއިރު ކުރިން ބޯކޮށް ވެހެން ފެށި ވާރެއާ އެކު ކަމަށެވެ.

އޭނާ ވިދާޅުވީ އާންމުކޮށް ރަަށުގެ އަޑި ހިސާބުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާ ކަމަށެވެ.



More from Hoara Online