ގައުމީ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

Tue, 23 Apr 2024 07:01 PM

View on this article on Hoara Online

ގައުމީ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި
މި އަހަގެރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.

މިއަދުން ފެށިގެން އަންނަ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށް ފުރުސަތު ހުޅުވާލާފައިވާއިރު، ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދެ ދާއިރާއެއް މިހާރު ވަނީ އިތުރު ކޮށްފަ އެވެ.



އޭގެ ތެރެއިން އެއް ދާއިރާއެއްގައި ގޮތުގައި ދިވެހި ޤައުމިއްޔަތުގެ ދާއިރާ ހިމެނޭއިރު، އެދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ރާއްޖެއަށް ވެހިކުރުން ހިމެނެ އެވެ.

ގައުމީ އިނާމުގެ ގޮތުގައި ދޭނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅަން ޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ރައީސްގެ އޮފީހަށް ފޮނުވައިގެންނެވެ. ޕޯޓަލް އަކީ apply.presidency.gov.mv މި އެވެ.




More from Hoara Online