ދެ ފްލެޓްގެ މެދުން ފާރު ރާނަން އިތުރު 7 ދުވަސް

Thu, 08 Jun 2023 09:38 PM

View on this article on Hoara Online

ދެ ފްލެޓްގެ މެދުން ފާރު ރާނަން އިތުރު 7 ދުވަސް
ހިޔާ ދެ ފްލެޓެއް އެއްކޮށްލި މައްސަލާގައި އެ ދެފްލެޓަށް ގެނައި ބަދަލު ހައްލު އަނބުރާ އިޔާދަ ކުރުމަށް އިތުރު 7 ދުވަހުގެ ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯ އިން ބުނާ ގޮތުގައި ދެ ފްލެޓްގެ ވެރީން އަމަލުކޮށްފައިވަނީ އެ ކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ހިލާފަށެވެ. އެޕާޓްމަންޓް ވަކިކުރާ ފާރު ތަޅާލާ އެ ތަން ވަނީ ހަތަރު ކޮޓަރީގެ އެޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ.

އާބަންކޯ އިން މިއަދު ބުނީ ދެ ފްލެޓްގެ މެދު ފާރު ރާނަން އިތުރު މުއްދަތެއް ދިނީ ފްލެޓްގެ ވެރިފަރާތުގެ އެދުމުގެ މަތިން ކަމަށެވެ. އެމީހުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލައި ހަތް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށެވެ.

މި މައްސަލައިގައި އާބަންކޯ އިން ވަނީ ދެ ފްލެޓްގެ އެއްބަސްވުން ބާތިލުކޮށް، އެއްލައްކަ ރުފިޔާއިން ކޮންމެ އެޕާޓްމެންޓެއް ޖޫރިމަނާކޮށްފަ އެވެ. އަދި 14 ދުވަސްތެރޭ ތަން ހުސްކުރަން އެންގި އެވެ. އެކަމަކު މުއްދަތު ފަހަނައަޅާ ދިއުމުން ވެސް އާބަންކޯއިން އެންގި އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ. 

މިމައްސަލާގައި ފްލެޓްވެރިން އެގްރިމެންޓް ބާތިލް ކުރުން ހުއްޓުވަން ކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް ކޯޓުން ވަނީ ބާތިލް ކުރުން ހުއްޓުވަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ބުނެ މައްސަލަ ނިންމާލާފައެވެ.

ހިޔާ ފްލެޓްތަކުގެ ތެރެއިން ދެ ފްލެޓަކަށް ބަދަލު ގެނެސް ހަދާފައިވަނީ ރަނގަޅު ފެންވަރެއްގައެވެ. މި ދެ ފްލެޓު އެއްކޮށްލައި 4 ކޮޓަރީގެ އެޕާޓްމެންޓަކަށް ވަނީ ހަދާފައެވެ.



More from Hoara Online