އީވާގެ މައްސަލަ އެޖެންޑާނުކޮށް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ: އަސްލަމް

Thu, 08 Jun 2023 07:55 PM

View on this article on Hoara Online

އީވާގެ މައްސަލަ އެޖެންޑާނުކޮށް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ: އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމައި މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އީވާގެ މައްސަލައިގައި ވާހަކަދައްކަވާފައި މިވަނީ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ އެޖެންޑާ ނެގުމުންނެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރީ އަންނަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލާނެ ގޮތަކާ މެދު މެންބަރުންނަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ ކޮމިޓީތައް އެކުލަވާނުލެވުނު ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އީވާގެ މައްސަލަ އެޖެންޑާ އިން އުނިކުރި ކަމަށް ޕާޓީޓަކުގެ ޕީޖީ ލީޑަރުން އަންގަވާފަ އެވެ.

މަޖިލީހުގެ ސިޓީ ލިބިފައިވާ ކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ކޮމިޓީތައް އެކުލަވާލުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ފުރިހަމައަށް އެއްބާރުލުން ދީ ބައެއް ކަންކަމުގައި ދޫވެސް ދީފައިވާނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ އާންމު ކޮމިޓީގައި މަޖިލީހުގެ ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލުމަށް އިދިކޮޅު މެންބަރުން ހުށަހެޅުއްވި ކަމަށެވެ. އެ ހުށަހެޅުއްވުމާ އެއްގޮތަށް އާންމު ކޮމިޓީ އެކުލަވާލުމަކީ މަޖިލީހުގެ ގަވައިދުގައި ލާޒިމު ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިތުރު އެއްވެސް ކަމަކާ ބަހުސް ކުރެވޭނީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބުރައީސްގެ މައްސަލައެއް ހުށަހެޅި ނޯޓިސް ދެވި، ނޯޓިސްގެ މުއްދަތު ހަމަވެފައި ވާ ނަމަ އެއްވެސް މަަސައްކަތެއް ކުރިއަށް ގެންދެވޭނީ އެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އެގޮތަށް އެކަން އޮތް ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދަން ރިޔާސަތުން ނިންމަވައިފާނެ ކަމަށާއި އެހާލަތުގައި އެމްޑީޕީން ކަންތައްކުރާނީ ކިހިނެތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަސްލަމް ވިދާޅުވީ ގާނޫނާ އެއްގޮތަށް ކަންތައް ކުރަން ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސްކުރައްވާ ކަމަށެވެ.

"ހިތް އެދޭ ގޮތަށް، ބައެއް ބޭފުޅުންނަކީ ގާނޫނުތައް މާނަކުރައްވާ ބޭފުޅުން، އަދި ބައެއް ބޭފުޅުންނަކީ ގާނޫނަށް އެހައި ބޮޑަށް ބައްލަވައިލެއްވުމެއް ނެތި ގާނޫނާ ދުރަށް ޖެހިވަޑައިގަންނަވާ ބޭފުޅުން. ދެން އެފަދަ ބޭފުޅުންނަށް، އެބޭފުޅުން ގާނޫނުން ބޭރުވާނީ ކިހާ މިންވަރަކަށްކަން އެނގިވަޑައިގަންނަވާނީ،" އަސްލަމް ވިދާޅުވި އެވެ.

އިިލްތިމާސަކީ ހުރިހާ ބޭފުޅުން ވެސް ގާނޫނުގެ އިމުގެ ތެރެއަށް ވެދެވަޑައިގެން ގާނޫނީ ހުކޫމަތެއް ހިނގާތަން ދެއްކެވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މިހާރު އެކުލަވައިލާފައިވާ ކޮމިޓީތަކަށް މަޖިލީހުން ބަދަލު ގެންނަން ދެން، މިހާރު އެކުލަވާލާފައިވާ ކޮމިޓީތަކަށް ފުރިހަމަ ބާރުވެރިކަން އޮންނާނެ ކަމަށެވެ. އަދި، ކޮމިޓީތައް އެކުލަވައިލާނެ ގޮތަކާ މެދު ޕާޓީތައް އެއްބަސްވާން ވެސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގެ ފްލޯއަށް އެ މައްސަލަ [ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މައްސަލަ] ނުގެންނަވައިގެން އެންމެ ބޮޑު މައްސަލައަކަށް ވަނީ. އެހެންވީމަ، ވީހާ ވެސް އަވަހަކަށް އެކަން ނިންމަވާށޭ،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާ އެކު ހުށަހަޅާފައިވާ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް މި މަހު 11އަށް ހަމަވި ނަމަވެސް، މަޖިލީހުން ވަނީ އެ މައްސަލަ އެ ދުވަހަށް އެޖެންޑާ ނުކުރާން ނިންމައިފައެވެ. ސަބަބެއް ގޮތުގައި ބުނެފައިވަނީ އާންމު ކޮމިޓީތަކަށް ބަދަލު ގެނެސް، މެންބަރުން ވާހަކަދައްކަން ޖެހޭ ވަގުތު ކަނޑައަޅާފައިނުވާތީ ކަމަށެވެ.



More from Hoara Online