އީވާ ވަކިކޮށް، ދެ ވަޒީރުން ދިފާއުކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

Mon, 29 May 2023 12:21 PM

View on this article on Hoara Online

އީވާ ވަކިކޮށް، ދެ ވަޒީރުން ދިފާއުކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އެ މަގާމުން ވަކިކުރުމަށާއި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ދެކޮޅަށް ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފުތާގެ ބުދަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ. ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލް ކޮށްފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހަށެވެ. އީވާގެ މައްސަލަ ތާވަލް ކޮށްފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހަށެވެ. 

އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރު ސޮއި ކުރައްވާ ހުށަހެޅުއްވީ އެމްޑީޕީގެ މެމްބަރުކަމުން ވަކިވެ، އާޕާޓީއެއް އުފައްދަން މަސައްކަތް ފެށުމުންނެވެ.

ރިއްފަތާއި ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައާއި ގުޅުވައިގެންނެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުން އިއްތިފާގުން ނިންމާފައި ވަނީ އީވާ މަގާމުން ވަކިކުރުމަށް ތްރީ ލައިން ވިޕެއް ނެރުމަށެވެ. އަދި, ޝާހިދު އާއި ރިފްއަތުގެ މައްސަލަ ފެއިލް ކޮށްލަން ވެސް ވަނީ ތްރީ ލައިން ވިޕެއް ނެރެފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް އާއި އަދި ވަޒީރުންގެ ވެސް އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ.

މަޖިލީހުގައި އެމްޑީޕީގެ 56 މެންބަރުން ތިއްބަވާއިރު، ދަ ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި، ޕީޕީއެމް/ ޕީއެންސީގެ އަށް މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން އަދި އެމްއެންޕީގެ ތިން މެންބަރުން ތިއްބަވައެވެ.

އެހެންކަމުން ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ތެރެއިން މެންބަރުންތަކެއްގެ ތާއިދު ނެތި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހެއް ނުވާނެއެވެ.





More from Hoara Online