Mon, 29 May 2023 12:13 PM

View on this article on Hoara Online

ޓްރީޓޮޕް ހޮސްޕިޓަލްގައި ގާއިމްކުރި ފާޓިލިޓީ ސެންޓަރާ އެކު، ރާއްޖޭގައި އައިވީއެފް ހަދަން މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ތާރީހީ މި ހިދުމަތް އިފްތިތާހުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.  

އައިވީއެފްގެ މި ހިދުމަތަކީ ދަރިން ލިބުމުގައި މައްސަލަ ދިމާވާ ނަމަ އައިވީއެފްގެ ފަރުވާއިން ދަރިން ހޯދުމެވެ. މިކަމަށް ދޭ އައިޔޫއައިގެ ފަރުވާ ރާއްޖެއިން ލިބެ އެވެ. އައިވީއެފްގެ ފަރުވާއަށް ދަނީ އިންޑިއާ އަށެވެ.

އައީވީއެފްގެ ފަރުވާއަކީ އަގު ބޮޑު ފަރުވާއެކެވެ. ޓްރީޓޮޕްގައި މި ހާއްސަ ފަރުވާގެ ހިދުމަތް ދޭނީ 46،000ރ. އަށެވެ. އައިވީއެފް ހަދަން ޓްރީ ޓޮޕުންގައި ފެށީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ. އެ ތަނުގައި އިސްކޮށް މަސައްކަތް ކުރައްވާނީ ވެސް ރާއްޖޭގެ ފުރަތަމަ ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދެވެ. 

އިންޑިއާގައި އައިވީއެފް ހަދާނަ އިންޑިއާ ބޭހަށް ދާ ކޮންމެ ފަހަރަކު 4000 އެއްހާ ޑޮލަރު ހަރަދު ކުރަން ޖެހެ އެވެ.  

ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވި ގޮތުގައި ފާޓިލިޓީ ސެންޓަރާއެކު މިއަދަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ދުވަހެއް ކަމަށެވެ.



More from Hoara Online