ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

Sat, 27 May 2023 02:21 AM

View on this article on Hoara Online

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
މާލެ އިން ހުޅުމާލެ އަށް އަންނަ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭން ހުޅުމާލެއަށް ދާ ހައިވޭގައި ސައިކަލެއް ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަމަށް މިރޭ 12:04 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 43 އަހަަރުގެ ދިވެހި ފިިރިހެން މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ފަރުވާދޭން ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް މީގެ ކުރީންވެސް ހިނގާފައިވެއެވެ. ބައެއް އެކްސިޑެންޓްތަކުގައި މީހުން މަރުވެފަައިވެއެވެ. ގިނަ އެކްސިޑެންޓްތައް ހިނގަނީ ބާރަށް ދުއްވުމުގެ ސަބަބުންނާއި ގަވާއިދުތަކާއި ހިލާފަށް އަމަލު ކުރުމުންނެވެ.



More from Hoara Online