ގާސިމް މިހެން ވިދާޅުވީ "ފުރަވީރުން" ނަމުގައި ރޭ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި އޮތް ޒުވާނުންގެ ހާއްސަ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަރަކާތަކީ ގާސިމްގެ އަނބިކަނބަލުން / ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްނަންގަވައިގެން ބޭއްވެވި ހަރަކާތެކެވެ.
މިއުޒިކާއި ނެށުމުގެ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ މި އިވެންޓްގެ ތެރެއިން ގާސިމް އިބްރާހިމަށް ވަނީ ސަޕްރައިޒެއްގެ ގޮތުގައި އެ ޕާޓީއަށް ސޮއިކުރި ގިނަ އަދަދެއްގެ ޒުވާނުންގެ ފޯމްތައް ނަހުލާ ވަނީ ގާސިމާއި ހަވާލު ކުރައްވާފައެވެ.
އެހެން ވިދާޅުވުމަށް ފަހު ގާސިމް ތަކުރާރުކުރެއްވީ އަބަދުވެސް ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާނެކަމުގެ ވާހަކަ އެވެ.
"ހަމަ ކަށަވަރުން ވެސް އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ ގައުމުގެ ތަރައްގީއަށް. ގައުމުގެ ކުރިއެރުމަށް އަދި އެހެންކަމަށް ވަންޏާ އެ މަސައްކަތްކުރުމުގައި އެމީހަކު ހުންނާނީ އަބަދު ވެސް ގައުމުގެ ޒުވަނުންނާއި ޅަކުދިންނާއި ވެސް އެކީގައި،" ގާސިމް ވިދާޅުވި އެވެ.ގާސިމް ވަނީ ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖުމްހޫރީ ޕާޓީން ފެށި މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ހާސް ކަނޑާލާށޭ. ހަމަޖެހިގެން ދާނެއޭ. އަދި އަޅުގަނޑުމެން ކާމިޔާބުވެސް ކުރާނަމޭ ﷲ އިރާދަކުރެއްވިއްޔާ،" ގާސިމް ވިދާޅުވި އެވެ.
ނަހުލާ ވަނީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް ޖުމްހޫރީ ޕާޓީ ހައްދަވާނެ ކަމަށްވެސް ރޭ ވިދާޅުވެފައެވެ.