ތިން ދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ މަހު ބޭއްވުމަށް އީސީން ނިންމަވައިފި

Sat, 25 Mar 2023 11:26 AM

View on this article on Hoara Online

ތިން ދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ މަހު ބޭއްވުމަށް އީސީން ނިންމަވައިފި
ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި އދ. ދިއްދޫ ކައުންސިލް މެންބަރު އިންތިޚާބު މެއި-6 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެގޮތުން ރަކީދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިޚާބު ކުރަންޖެހޭއިރު، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 5 މެމްބަރުން އިންތިޚާބު ކުރަންޖެހެއެވެ. އަދި ދިއްދޫއަށް އެއް ކައުންސިލް މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ. މި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަންނަ އޭޕްރީލް 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް 2023 މާރިޗު 22 ވަނަ ދުވަހު އީސީން ވަނީ ޢާއްމުކޮށްފައެވެ. އީސީން ބުނީ މި ރަޖިސްޓަރީއަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު 2023 އެޕްރީލް 02 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުރިއިރު، ޝަކުވާ ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށެވެ.



More from Hoara Online