ޖެންޑާ މިނިސްޓްރީއަށް ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

Sat, 25 Mar 2023 10:35 AM

View on this article on Hoara Online

ޖެންޑާ މިނިސްޓްރީއަށް ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ފީޗާ ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ޖެންޑާ މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މަސައްކަތުގެ މައުލޫމާތު ކަރުދާހުގައި ވާ ގޮތުން އެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމަކަށް ވާންޖެހެއެވެ. ފިލްމުގެ ދިގުމިނަކަށް ވާން ޖެހޭނީ ގާތްގަނޑަކަށް 90 މިނެޓެވެ. އެ މަަސައްކަތާ ހަވާލުވާ ބަޔަކު ފިލްމު ޕްރޮމޯޓްކުރަން 30 ސިކުންތުގެ ޓްރައިލާއެއް ވެސް ތައްޔާރުކުރަން ޖެހެ އެވެ.  

އެ މިނިސްޓްރީން މިހާރު ވަނީފީޗާ ފިލްމު ހަދަން ޝައުގުވެރިވާ ބަޔަކު އަންދާސީ ހިސާބު ހުށައެޅުމަށް ދައުވަތު ދީފައެވެ.

  •  މައުލޫމާތު ސާފުކުރުން - މާޗް 29 ގައި
  •  އަންދާސީ ހިސާބު ހުށައެޅުން - އޭޕްރީލް 4 ގައި
މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށައެޅުން ވެސް އޮންނާނީ އުމަރު ޒާހިރު އޮފީސް ބިލްޑިންގައި ޖެންޑާ މިނިސްޓްރީއަށް ހާއްސަ އޮފީހުގައެވެ.

އިއުލާނުގައި އިތުރު ތަފްސީލެއް ނުދެއެވެ. އެހެން ކަމުން ހަދަން ޖެހޭ ފިލްމާއި އެ ނޫން މައުލޫމާތެއް ނޭންގެ އެވެ.

ގެވެށި އަނިޔާ އާ ދެކޮޅަށް "ގެވެށި ގުޅުން" ނަމުގައި ބޮޑު ކެމްޕެއިނެއް ފެށީ ޖުލައި 15، 2020 ގައެވެ. އޭރު ބުނީ އެ ކެމްޕެއިނަކީ ތިން މަހަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ. 



More from Hoara Online