ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް އިންތިހާބުކޮށްފި

Fri, 28 Jul 2023 11:13 PM

View on this article on Hathaavees

ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް އިންތިހާބުކޮށްފި

ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ހުޅުދޫ ދާއިރާގެ ރައްޔިތުން މަޖިލިސް މެންބަރު އިލްޔާސް ލަބީބް އިންތިހާބު ކޮށްފިއެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލުމާއެކު އެކަމަށް އިޖާބަ ދިން ހަމައެކަނި ބޭފުޅަކީ އިލްޔާސެވެ.

މިއަދު ނެގި ވޯޓުގައި އިލްޔާސަށް ވަނީ 3،041 ވޯޓު ލިބިވަޑައިގެންފައެވެ. ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް އިންތިހާބު ކުރަން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދީފައިވެއެވެ.

ޑިމޮކްރެޓުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދި ޕާޓީއެކެވެ. އިލްޔާސަކީ ނަޝީދަށް ތާއީދު ކުރާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަޝީދުގެ އަރިސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.

The post ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް އިންތިހާބުކޮށްފި first appeared on Hathaavees.


More from Hathaavees