ލިޔުން ނެތް ބިދޭސީން، ކަނޑު އުޅަނދުގައި އުފުލާ ކެޕްޓަނުންނާ މެދު ފިޔަވަޅު އަޅަނީ

Thu, 08 Jun 2023 04:25 PM

View on this article on Hathaavees

ލިޔުން ނެތް ބިދޭސީން، ކަނޑު އުޅަނދުގައި އުފުލާ ކެޕްޓަނުންނާ މެދު ފިޔަވަޅު އަޅަނީ

ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީން އުފުލާ ކަނޑު އުޅަނދުތަކުގެ ކެޕްޓަނުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ދީފިއެވެ.

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ކަނޑުމަގުން ބިދޭސީން އުފުލާ އުޅަނދުތަކުން އެ ފަރާތްތަކުގެ އަތުގައި ސައްހަ ވާކް ޕާމިޓް އޮތްތޯ ޔަގީންކުރަން އެ އިދާރާއިން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.

އަދި ގަވާއިދާ ހިލާފަށް އުޅަނދުތަކުގައި ބިދޭސީން އުފުލާނަމަ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުން ބާރުލިބިގެން ހަދާފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑުދަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދުގެ ދަށުން އުޅަނދުގެ ވެރިފަރާތް އަދި އުޅަނދު ދުއްވި ފަރާތް ޖޫރިމަނާކުރެވެނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ބައިތިއްބާ ހާއްސަ ސެންޓަރު ވަނީ އަލުން ހުޅުވާފައެވެ. އަދި އެތަނުން ވަނީ ބިދޭސީން ނަގަން ފަށާފައެވެ. ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން މަދުކުރަން ރެގިއުލަރައިޒޭޝަން 2019 ވަނަ އަހަރުވަނީ ޕްރޮގްރާމެއް ފަށާފައެވެ. އެ ޕްރޮގްރާމްގެ ދަށުން ގަވައިދާ ހިލާފަށް އުޅޭ 24,000 ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

The post ލިޔުން ނެތް ބިދޭސީން، ކަނޑު އުޅަނދުގައި އުފުލާ ކެޕްޓަނުންނާ މެދު ފިޔަވަޅު އަޅަނީ first appeared on Hathaavees.



More from Hathaavees