ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކޮށްފި

Thu, 08 Jun 2023 01:08 PM

View on this article on Hathaavees

ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކޮށްފި

ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓަށް އަލްއުސްތާޒާ އާއިޝަތު ނުޒުހާ އައްޔަންކުރައްވާފައިވާ ކަމަށެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޒު މުހައްމަދު ޝަނީޒް އައްޔަން ކުރައްވާފައިވާ ކަމަށެވެ. މި ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މީގެއިތުރުން ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އެރަށު މުސްތަރީގެ، އާއިޝަތު ޝިހާބް ވަނީ އައްޔަން ކުރައްވައިފައެވެ.

The post ކްރިމިނަލް ކޯޓާއި ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކޮށްފި first appeared on Hathaavees.



More from Hathaavees