އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރަނީ

Sun, 04 Jun 2023 10:04 PM

View on this article on Hathaavees

އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރަނީ

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ އެލަވަންސަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ އަށް މިހާރު ކުރިޔަށް ގެންދާ ދަތުރުފުޅުގައި މިރޭ އައްޑޫ ސިޓީ ހިތަދޫ ސިޓީ ސްކުއާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް މިހާރު ދެމުން އަންނަ އެލަވަންސް ބޮޑުކޮށް އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

ދެން އޮތީ އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ އެލަވަންސް ބޮޑު ކުރުން ކަމަށާއި އެކަމާއި ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ އެކަމަށް [އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އެލަވަންސް] ވެސް ވަރަށް އަވަހަށް ހެހޮ ބަދަލެއް އަންނާނެ،” ރައީސް ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ……

The post އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރަނީ first appeared on Hathaavees.



More from Hathaavees