ލޯފަން ތިން ބެއިންނަށް އުފާވެރިކަން، ރައީސްގެ އަތްޕުޅުން ޑިގްރީ ސެޓްފިކެޓް

Fri, 26 May 2023 02:07 PM

View on this article on Hathaavees

ލޯފަން ތިން ބެއިންނަށް އުފާވެރިކަން، ރައީސްގެ އަތްޕުޅުން ޑިގްރީ ސެޓްފިކެޓް

މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީން ކުރިޔަށް ގެންދިޔަ އިމާމުންގެ ޑިގްރީ ކޯހުން ދިސްވެނިވުނު ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްބަނޑު އެއްބަފާ ތިން ބެއިން ހިމެނިއްޖެއެވެ. މި ތިން ބޭފުޅުންނަށް ސެޓްފިކެޓު ހަވާލު ކޮށްދެއްވީ ރޭ އައިޔޫއެމްގައި ބޭއްވި އެ ޔުނިވާސިޓީގެ ދަސްވެނިވި ޖަލްސާގައި ރައީސް ސޯލިހެވެ.

ސަރުކާރުން މީގެކުރިން ވަނީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް

ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާނެކަން އިއުލާން ކޮށްފައެވެ. ސަރުކާރުގެ އެ ވައުދު ފުއްދުމުގެ މަސައްކަތް 2020ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އައިޔޫއެމްއާ ގުޅިގެން ފެށިއެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ރޭ އިސްލާމިކް ޔުނިވާސިޓީން ވަނީ 78 އިމާމުން ދަސްވެނިވެފައެވެ. އެ ފަރާތްތަކުގެ ތެރޭގައި ރައީސްގެ އެއްބަނޑުއެއްބަފާ ތިންބެއިން ހިމެނެއެވެ.

އެ ތިން ބޭފުޅުންނަކީ މޫސާ މުހައްމަދު ސޯލިހު (މޫސަބެ) އާއި ޝާޒްލީ އާއި ހުސައިން ޝަޔާޒް އެވެ. މި ތިން ބޭފުޅުންނަކީ އުފަންވިއިރު ލޮލުގެ ފެނުން ރަނގަޅު ތިން ބޭފުޅުންނެވެ. ލޮލުގެ ފެނުން ގެއްލިގެން ދިޔައީ އުމުރުގެ ވަކި ހިސާބަކަށް ދިޔަ ފަހުންނެވެ.

ރައީސްގެ ކޮއްކޯފުޅު ޝާޒު —

ރައީސް ސޯލިހުގެ އާއިލާގައި މިވަގުތު ދުނިގޭގައި ތިއްބެވި 11 ބޭފުޅުންގެ ތެރެއިން މި ތިން ބޭފުޅުންނަކީ ގުރުއާން ހިތުދަސް ތިން ބޭފުޅުންނެވެ.

މި ބޭފުޅުން ދަސްވެނިވިފައި ވަނީ ތިން ބޭފުޅުން ވަނީ ބްލޮކް މޯޑުގައި އިމާމު ކޯސް ފުރިހަމަ ކޮށްގެންނެވެ.

ރައީސްގެ ކޮއްކޯފުޅު ހުސައިން —

ރޭގެ ޖަލްސާގައި ރައީސް ވަނީ އިމާމުންގެ ޑިގްރީ ކޯސް ފުރިހަމަކޮށަ އެތައް އިމާމުންނެއް ދަސްވެނިވާތީ އެކަމާއި އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

“މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” ރައީސް ވިދާޅުވިއެވެ.

ރައީސްގެ ކޮއްކޯފުޅު މޫސަ —

ރޭގެ ރަސްމިއްޔާތުގައި އިމާމުންގެ މަސައްކަތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވަނީ އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ހިލާފަށް، އިމާމުންނަކީ ހަފްތާގެ 7 ދުވަހު، ޗުއްޓީއެއް ނެތި، އޯވާޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ހިދުމަތްތެރިންތަކެއް ކަމަށް ވިދާޅުވެފައެވެ.

“އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން އަޅުގަނޑުމެން ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ގެންނާނެ ވާހަކަވެސް މިރޭ ތިޔަބޭފުޅުންނަށް އަޅުގަނޑު ހިއްސާކުރަން،” ރައީސް ވިދާޅުވިއެވެ.

The post ލޯފަން ތިން ބެއިންނަށް އުފާވެރިކަން، ރައީސްގެ އަތްޕުޅުން ޑިގްރީ ސެޓްފިކެޓް first appeared on Hathaavees.


More from Hathaavees