އިމާމުންގެ މުސާރައަށް ލަސްތަކެއްނުވެ، ބަދަލު ގެންނާނަން: ރައީސް

Fri, 26 May 2023 11:20 AM

View on this article on Hathaavees

އިމާމުންގެ މުސާރައަށް ލަސްތަކެއްނުވެ، ބަދަލު ގެންނާނަން: ރައީސް

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ މުސާރަ އަށް ލަސްތަކެއް ނުވެ، ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މީގެކުރިން ވަނީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާނެކަން އިއުލާން ކޮށްފައެވެ. ސަރުކާރުގެ އެ ވައުދު ފުއްދުމުގެ މަސައްކަތް 2020ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އައިޔޫއެމްއާ ގުޅިގެން ފެށިއެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ރޭ އިސްލާމިކް ޔުނިވާސިޓީން ވަނީ 78 އިމާމުން ދަސްވެނިވެފައެވެ.

“މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” އިސްލާމިކް ޔުނިވާސިޓީގެ 2023ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި އިމާމުންގެ މަސައްކަތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވަނީ އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ހިލާފަށް، އިމާމުންނަކީ ހަފްތާގެ 7 ދުވަހު، ޗުއްޓީއެއް ނެތި، އޯވާޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ހިދުމަތްތެރިންތަކެއް ކަމަށް ވިދާޅުވެފައެވެ.

“އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން އަޅުގަނޑުމެން ބަދަލުތަކެއް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ގެންނާނެ ވާހަކަވެސް މިރޭ ތިޔަބޭފުޅުންނަށް އަޅުގަނޑު ހިއްސާކުރަން،” ރައީސް ވިދާޅުވިއެވެ.

ޓީޗަރުންނާއި ލެކްޗަރާއިންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަދިވެސް އިސްލާހު ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ.

އެގޮތުން އައިޔޫއެމްގެ ލެކްޗަރާއިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ސަރުކާރަަށް ފާހަގަކުރެވިގެން، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި މަސައްކަތްތަކެއް ކޮށް މިހާރު އެ މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

The post އިމާމުންގެ މުސާރައަށް ލަސްތަކެއްނުވެ، ބަދަލު ގެންނާނަން: ރައީސް first appeared on Hathaavees.


More from Hathaavees