އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި

Fri, 24 Mar 2023 08:32 PM

View on this article on Hathaavees

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ފަޔާޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަަށް ގެންދާ ކަމަށާއި ރާއްޖެއަށް އަންނަ ތަރައްގީ ދީނީ އިމާރާތްތަކުން ފެނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.

އެގޮތުން މިހާރު އިމާރާތްކުރެވޭ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ ޑިޒައިނަށް އައިސްފައިވާ ބަދަލު މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މާލެއިން ބޭރުގައި އެއްވެސް ޕްރޮޖެކްޓެއް ބަޔަކާ ހަވާލުކުރުމަށް މިހާތަނަށް ސޮއިކުރެވިފައި ނުވާ ކަމަށާއި އެހެންނަމަވެސް އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު ގާއިމްކުރުމަށްޓަކައި އެފަދަ އެއްބަސްވުމެއް މިވެވުނީ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ.

އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްވެގެން ދިއުމަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އުންމީދަކީ އެ އެއްބަސްވުމުގައި ވާގޮތަށް ކޮންޓްރެކްޓަރު އެ މަޝްރޫއުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދެ ފަންގިފިލާ އަށް އިމާރާތް ކުރާ އައްޑޫސިޓީގެ އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. އަދި ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ އެ މަރުކަޒުގައި ހިމެނެއެވެ. އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

The post އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި first appeared on Hathaavees.



More from Hathaavees