ރޯދަ އެލަވަންސާއި ހަދިޔާއަކާއެކު އެމްއޭސީއެލްގެ މުވައްޒަފުންނަށް 5،000 ރުފިޔާ

Sun, 19 Mar 2023 02:24 PM

View on this article on Hathaavees

ރޯދަ އެލަވަންސާއި ހަދިޔާއަކާއެކު އެމްއޭސީއެލްގެ މުވައްޒަފުންނަށް 5،000 ރުފިޔާ

ވަޒީފާ އަދާ ކުރާ ކޮންމެ މުވައްޒަފަކަށް ގާނޫނުން ލާޒިމްކޮށް ދޭ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާއާ އަދި ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ދޭ ހަދިޔާއަކާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޮންމެ މުވައްޒަފަކަށް 5،000 ރުފިޔާ ދޭން ނިންމައިފިއެވެ.

މުވައްޒަފުންނަށް އެކުންފުނިން ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ރަމަޟާން މަހުގެ އިނާޔާތުގެ ގޮތުގައި ގާނޫނުގައި ބުނެފައިވާ ފައިސާ މިއަދު ކުންފުނީގެ މުވައްޒަފުންނަށް ޖަމާ ކުރެވޭނެ ކަމަށެވެ،

“މިއާއެކު މި ކުންފުނީގެ މަސައްކަތުގެ ބާވަތުން މުވައްޒަފުންގެ ފަރާތުން ރަމަޟާން މަހުގައި ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހަންމިއްތުކަން ފާހަގަކޮށް ރަމަޟާން މަހާއި ގުޅުވައިގެން ހަދިޔާއެއްގެ ގޮތުގައި 2،000 ރުފިޔާ ކުންފުނީގައި ވަޒީފާ އަދާ ކުރާ ކޮންމެ މުސްލިމް މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާއާއެކު ޖަމާކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ،” އެމްއޭސީއެލްގެ ސާކިއުލާގައިވެއެވެ.

ލޭބާ ރިލޭޝަން އޮތޯރިޓީ އިން ވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަ އިނާޔަތް މުވައްޒަފުންނަށް ދިނުމަށް ހަނދާން ކޮށްދީފައެވެ.

އެ އޮތޯރިޓީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގެ 51ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދޭން ވާނެ ކަމަށެވެ.

އެހެންނަމަވެސް ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުދޭކަމާއި، އިނާޔަތް ދިންކަމުގައިވިޔަސް، ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ވަނީ އެ އޮތޯރިޓީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

The post ރޯދަ އެލަވަންސާއި ހަދިޔާއަކާއެކު އެމްއޭސީއެލްގެ މުވައްޒަފުންނަށް 5،000 ރުފިޔާ first appeared on Hathaavees.


More from Hathaavees

...