ފުލުހުންނަށް ގާނޫނީ އަދި ޖިސްމާނީ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ: ރައީސަ

Sat, 18 Mar 2023 06:47 PM

View on this article on Hathaavees

ފުލުހުންނަށް ގާނޫނީ އަދި ޖިސްމާނީ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ: ރައީސަ

ފުލުހުންނަށް ގާނޫނީ ރައްކާތެރިކަން ވެސް އަދި ޖިސްމާނީ ރައްކާތެރިކަން ވެސް ކަށަވަރުކުރަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ،މުޖްތަމަޢާއި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައް ދަނީ ތަފާތުވެ، ބަދަލުވަމުން ކަމަށެވެ.

އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅިވެސް ދަނީ ބަދަލުވަމުން ކަމަށާއި އަދި އެފަދަ ކުށްތައް ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި، އެފަދަ ކުށްތަކަށް އަރައިގަތުމަށް ފަހު، ޤާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ވެސް ދަނީ ބަދަލުވެ ތަފާތުވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

“މިއީވެސް ފުލުހުންގެ ތައްޔާރީ ޙާލަތަށް ބަދަލު ގެންނަން މަޖުބޫރު ކުރުވާ ސަބަބު. އެ ބަދަލުތަކާ އެކަށޭނަ ގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަމެއް ދޭން އެބަޖެހޭ،” ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ސަރުކާރުން ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ 5 އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެތެރެއިން މިފަހަކުން ގެނައި ބަދަލުތަކުގެ ވާހަކަ ހިއްސާ ކުރައްވަނުން ރައީސް ވަނީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަކީ، އޭގެ ތެރެއިން ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް ކަމަށް ވިދާޅުވެފައެވެ.

”ރައްޔިތުންގެ ދިފާޢުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް ކުރަންޖެހޭ ކަމެއް. ޤާނޫނީ ރައްކާތެރިކަން ވެސް އަދި ޖިސްމާނީ ރައްކާތެރިކަން ވެސް ކަށަވަރުކުރަންޖެހޭ،” ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ މި އަހަރުގެ ތެރޭގައި ފުލުހުން ޓޭޒާ ގަން ބޭނުން ކުރަން ފަށާނެކަން ވެސް ފާހަގަކުރައްވާފައެވެ. އެކަމަކީ ވެސް ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު، އެ ކުށްވެރިޔާގެ ވެސް އަދި ފުލުސް މީހާގެވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

The post ފުލުހުންނަށް ގާނޫނީ އަދި ޖިސްމާނީ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ: ރައީސަ first appeared on Hathaavees.


More from Hathaavees

...