މަޖިލީހުގެ ރައީސްކަމަށް އަދުރޭދެ ޝައުގުވެރިކަން

Sat, 27 Apr 2024 05:06 PM

View on this article on Halha

މަޖިލީހުގެ ރައީސްކަމަށް އަދުރޭދެ ޝައުގުވެރިކަން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އައުމުގެ ޝައުގުވެރިކަން ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) ފާޅުކުރައްވައިފިއެވެ.



 

އަދުރޭ މިކަމަށް އިޝާރާތްކުރައްވާފައިވަނީ މަޖިލިސް އިންތިހާބުގައި ލ. އަތޮޅުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ލ. ފޮނަދޫގައި ރޭ ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތުގައި އޭނާ ދެއްކެވި ވާހަކައިގައެވެ.

 

ނުސީދާ ގޮތަކަށް މަޖިލީހުގެ ރައީސްކަމަށް ވަޑައިގަންނަވާނެކަން ހާމަކުރައްވަމުން އަދުރޭ ވިދާޅުވީ އޭނާއަށް ސިޔާސީ ގޮތުން މިއަދު އާދެވެފައިވާ ހިސާބަށް އާދެވުމުގެ އަސްލަކީ، ފޮނަދޫގެ ލޮބުވެތި ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުން ދެއްވި ތާއީދާއި، އެއްބާރުލުމާއި އެހީތެރިކަން ކަމަށެވެ. އެހެން ނޫން ނަމަ މިއަދު އެ މަގާމަށް ނާދެވޭނެ ކަމަށެވެ.

 

ކޮންމެ މަގާމަކަށް ދިޔަކަމުގައި ވިޔަސް ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަތިން ހަނދާން ނުނެތޭނެ، ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގައި އޮންނާނީ އަބަދު ވެސް އިހުތިރާމާއި ލޯބި – އަދުރޭ

 

އަދުރޭ ވިދާޅުވީ ފޮނަދޫގެ ރައްޔިތުން ދެކެމުން އައި ހުވަފެންތަކެއް އެބަ އޮތް ކަމަށާއި، ހަޔާތުގައި ވަރަށް މަދުން ނޫނީ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި ބުއްދިވެރިންނަކީ ލިބޭ ފުރުސަތު ހެޔޮ ގޮތުގައި ހިފާ މީހުން ކަމަށެވެ.

 

އިރާދަކުރެއްވިއްޔާ އަދި މިއަށް ވުރެ އުފާވެރި ރެއެއް އަޅުގަނޑުމެންނާ ބަދަލުކުރާނެ. އެ ވާހަކައިގެ ތަފްސީލަކަށް އަޅުގަނޑު ނުދާނަން. އެކަމަކު ވެސް އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ އަނެއްކާ ވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރު ދެމުން- އަދުރޭ

 

އަދުރޭ މީގެ ކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް ކަމަށް އަންނަ މީހަކު ހޮވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.

The post މަޖިލީހުގެ ރައީސްކަމަށް އަދުރޭދެ ޝައުގުވެރިކަން first appeared on Halha Online.



More from Halha