އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި

Sat, 27 Apr 2024 04:54 PM

View on this article on Halha

އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި

ހއ.ފިއްލަދޫން ފުރައިގެން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު ”އޮއިވާލި“ ނަމަކަށް ކިޔާ ދޯންޏަކަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.



 

ނުވަ މީހުންނާއެކު ދަތުރުކުރި އެ ދޯނި، ހއ.އަލިދޫގެ އިރުން 1 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ އިއްޔެގެ ހަވީރު 17:07 ހާއިރުއެވެ.

 

ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗް އެ ސަރަހައްދަށް ގޮސް އެ ދޯނީގައި ތިބި ހަތް މީހަކު ވަނީ މިރޭ 18:40 ހާއިރު ކުޅުދުއްފުށި ސިޓީއަށް ގެންގޮސްދީފައެވެ.

 

މި ހާދިސާގައި ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ. ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އުޅަނދެއްގެ އެހީގައި މިހާރު އެ ދޯނި ވަނީ ކުޅުދުއްފުށީ ބަނދަރަށް ވައްދާފައެވެ.

The post އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި first appeared on Halha Online.



More from Halha