ނޫނު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

Thu, 25 Jul 2024 10:49 PM

View on this article on Gohkolhu

ނޫނު އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އެމްޓީސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ނ. އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތް އަދ،ި މިކަން އިފްތިތާޙްކުރުމަށްޓަކައި ނ. މަނަދޫގައި މިއަދު ވަނީ ރަސްމިއްޔާތެއް ބޭއްވިފައި ކަމަށެވެ.



މި ރަސްމިއްޔާތުގައ،ި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ މިނިސްޓަރ، އޮނަރަބަލް މުޙައްމަދު އަމީންއާއ،ި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއ،ި އާންމު މަސައްކަތްތަކާބެހޭ ބެހޭ ވުޒާރާގެ މިނިސްޓަރ، އޮނަރަބަލް އާދަމް ޝަރީފް އުމަރާއ،ި ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ޢަފޫ ހާމިދާއ،ި މަނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސްނީ މުބާރަކްއާއ،ި ހޮޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުއްސައްތާރު މުޙައްމަދާއ،ި ނ. އަތޮޅު ކައުންސިލް ރައީސްއާއ،ި މަނަދޫ ކައުންސިލް ރައީސްއާއި ކައުންސިލް މެމްބަރުންނާއ،ި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޢަބްދުالله ޒިޔާދާއ،ި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ހިދުމަތް ނޫނު އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވަނީ 50 މީހުންގެ ޖާގައިގެ ދެ ސްޕީޑް ފެރީއާއި އެކުގައި އެވެ.

މިއަދު ހިދުމަތް ރަސްމީކޮށް ފެށި ނަމަވެސް އާންމުންނަށް ހިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް އެ ސަރަހައްދުތަކުން ހިލޭ ދަތުރު ކުރެވޭނެއެވެ. ހިލޭ ދަތުރު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ބޭނުމަކީ ކަސްޓަމަރުން ފެރީ ދަތުރުތަކަށް އަހުލުވެރިކޮށް ހިދުމަތް ރަނގަޅަށް ތަޖުރިބާ ކުރަން ފުރުސަތު ދިނުމަށެވެ.

ހިލޭ ދަތުރު ކުރާ މުއްދަތުގައި ފެރީއިން ޖާގަ ހޯދަން ޖެހޭނީ އެ ރަށެއްގެ ކައުންސިލު މެދުވެރިކޮށެވެ.

އާރްޓީއެލްގެ ހިދުމަތް މިހާރު ދެމުންދަނީ ޒޯން 1 (ހއ. ހދ. އަދި ށ. އަތޮޅު)، ޒޯން 2 (ޅ. އަތޮޅު)، ޒޯން 5 (ގއ. އާއި ގދ އަތޮޅު) އަދި ޒޯން 6 ( ފުވައްމުލައް އަދި އައްޑޫ ސިޓީ) ގައެވެ.

މި ހިދުމަތް މިއަހަރުގެ އޮގަސްޓް މަހު ރ. އަތޮޅުގައި އަދި ސެޕްޓެމްބަރު މަހު ބ. އަތޮޅުގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.



More from Gohkolhu