ފެނަކައިގެ ބިލުތަކުގައި ވެސް ރޯދަ ޑިސްކައުންޓް ހިމަނައި، އައު ބިލުތައް ފޮނުވުމުގެ މަސައްކަތް ފަށައިފި

Sun, 05 May 2024 04:26 PM

View on this article on Gohkolhu

ފެނަކައިގެ ބިލުތަކުގައި ވެސް ރޯދަ ޑިސްކައުންޓް ހިމަނައި، އައު ބިލުތައް ފޮނުވުމުގެ މަސައްކަތް ފަށައިފި

ފެނަކަ ކޯޕަރޭޝަނުގެ ކަރަންޓު ބިލުތަކުގައި ވެސް ރޯދަ ޑިސްކައުންޓް ހިމަނައި، އައު ބިލުތައް އާންމުންނަށް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިިއެވެ.



ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އާންމު މަސްމަހުގެ ބިލުތަކަށް ވުރެ ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރުކޮށްފައިވާ އޭޕްރީލް މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލަތައް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން މިއަދު ފަށާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލު ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދޭން ފަށާފައިވާއިރު، އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯ އިން ވެސް މިދިޔަ މަހުގެ ބިލުތަކުން ޑިސްކައުންޓް ދޭނެ ކަން ވަނީ ޢިއުލާންކޮށްފައެވެ.

އެގޮތުން ނިމިދިޔަ ރޯދަމަހު އާންމުން ބޭނުންކުރި ކަރަންޓާއި ފެނަށް ފޮނުވި ބިލުތަކުގައި ޑިސްކައުންޓު ހިމެނުމަށް ފަހު އަލުން އާންމުނަށް އެ ބިލުތައް ފޮނުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯއިން ވެސް ވަނީ ފަށައިފައެވެ.



More from Gohkolhu