ދެތިން މަސް ތެރޭގައި ވާނުވާގެ މައްސަލަ އެއްކޮށް ހައްލުވާނެ: އިހުސާން

Tue, 30 Apr 2024 09:57 AM

View on this article on Gohkolhu

ދެތިން މަސް ތެރޭގައި ވާނުވާގެ މައްސަލަ އެއްކޮށް ހައްލުވާނެ: އިހުސާން

ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނުވަތަ ވާނުވާގެ މައްސަލަ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ހައްލުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.



“އަހާ ފޯރަމް” ގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ވާނުވާގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ކުރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށެވެ. އެ ކޯޓުގައި 12 ގާޒީން މަސައްކަތް ކުރައްވާއިރު، ޝަރީއަތްތައް ބާއްވަނީ އެންމެ ކޮޓަރިއެއްގައި ކަމަށެވެ. އެހެންވެ ހުޅުމާލޭގައި ޖާގަ ބޮޑު ކުރިމިނަލް ކޯޓެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިހުސާން ވިދާޅުވީ ސަރުކާރުން ވަނީ ވާނުވާ މައްސަލައިގެ އަސްލަކީ ކޮބައިތޯ ދެނެގަތުމަށް މަސައްކަތެއް ކޮށްފައިވާ ކަމަށާއި އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު ލަސްވުން ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންވެ ފުލުހުންގެ ތަހުގީގުތައް މިއިން ކުރިން ދުވަހަކު ވެސް ނުކުރާހާ އަވަސް ކޮށްފައިވާ ކަމަށާއި ތަހުގީގު ނުނިމިގެން ދެން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުބައިތިއްބާނެ ކަމަށް ވިދާޅުވިއެވެ.

ހުކުމެއްގައި ނޫން ގޮތަކަށް އެންމެ ދުވަހަކަށް ވެސް މީހަކު ޖަލު ބަންދުގައި ހުންނަން ބޭނުންނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.



More from Gohkolhu