ފިނޭންސް މިނިސްޓްރީ އަށް އިތުރު ނައިބެއް

Thu, 18 Apr 2024 08:51 PM

View on this article on Gohkolhu

ފިނޭންސް މިނިސްޓްރީ އަށް އިތުރު ނައިބެއް

ފިނޭންސް މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފި އެވެ.



އެ މަގާމަށް އައްޔަންކޮށްފައި ވަނީ އައްޝަތު އުމައިމާ އެވެ. އޭނަ އަކީ ފިނޭންސަށް އައްޔަން މި ސަރުކާރުން އައްޔަންކުރި 7 ވަނަ ޑެޕިއުޓީ މިނިސްޓަރެވެ.

އިޝްތިހާރު
އިޝްތިހާރު

ފިނޭންސް މިނިސްޓްރީގައި މިނިސްޓަރުގެ އިތުރުން މިނިސްޓަރު ފެންވަރުގައި ދެ އެޑްވައިޒަރަކު އައްޔަނުކޮށްފައި ތިބެ އެވެ. އެ މިނިސްޓްރީގެ އެންމެ އިސްވެރިންގެ ތެރޭގައި މިނިސްޓަރު ފެންވަރުގެ ތިން ބޭފުޅަކާއި ސްޓޭޓް މިނިސްޓަރު ފެންވަރުގެ ހަތަރު ބޭފުޅުކާއި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ ހަތް ބޭފުޅުން މިހާރު ތިއްބެވި އެވެ.

މި ސަރުކާރުން މި ފަހުން އަންނަނީ ސިޔާސީ ގިނަ މަގާމުތަކަށް މީހުން އައްޔަން ކުރަމުންނެވެ. އެގޮތުން ނެތް މަގާމެއް ވެސް އަލަށް އުފައްދާފައިވެ އެވެ. އެއީ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރެއް ނުކުރާނެ އެވެ. ނަމަވެސް މިހާރު ވެސް އަދަދު 1،500 އިން މައްޗަށް އަރާފައިވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.



More from Gohkolhu