ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ބާތިލުކުރުމާއެކު ރައީސް ޔާމީން މިނިވަންވެ ވަޑައިގެންފި

Thu, 18 Apr 2024 07:47 PM

View on this article on Gohkolhu

ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ބާތިލުކުރުމާއެކު ރައީސް ޔާމީން މިނިވަންވެ ވަޑައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ބާތިލުކުރުމާއެކު އެމަނިކުފާނު މިނިވަންވެ ވަޑައިގެންފިއެވެ.



ޔާމީނަށް ހުކުމް ކޮށްފައިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެވެ. ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރަން ހައިކޯޓަށް ހުށަހެޅިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމިނަށް އިއްވާފައިވާއިރު އޭގެ ތެރެއިން ރިޝްވަތު ހިފުމުގެ ކުށުގައި އިއްވި 4 އަހަރުގެ ޖަލު ހުކުމްގެ ބައި ހައި ކޯޓުން ވަނީ މިއަދު މެންދުރު ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ އަލުން ބަލަން ވަނީ އަންގާފައެވެ.

ބާކި އޮތް 7 އަހަރު އަހަރުގެ ޖަލު ހުކުމްގެ ބައި ދާދީ ދެންމެ އެކު ހައިކޯޓުން ހުކުމް ކުރުމާއެކު އެމަނިކުފާނަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލުވެފައެވެ. އެއާއި އެކު ޔާމީން ވަނީ މިނިވަންވެޑައިގެންފައެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022ގަ އެވެ.

މިއަދު ހައިކޯޓުން އެމަނިކުފާނު މިނިވަން ކޮށްފައިވަނީ ޖަލު ހުކުމް ކުރިތާ 480 ދުވަސް ފަހުންނެވެ. އަދި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ 149 ވަރަކަށް ދުވަސް ފަހުންކަން ފާހަގަ ކޮށްލެވެއެވެ.



More from Gohkolhu