ރައީސް ޔާމީން މިނިވަންވެއްޖެ

Thu, 18 Apr 2024 06:02 PM

View on this article on Gohkolhu

ރައީސް ޔާމީން މިނިވަންވެއްޖެ

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.



މިއާއި އެކު ރައީސް ޔާމީން ވަނީ ޖަލު ހުކުމުން މިނިވަންވެވަޑައިގެންފައި އެވެ.

އިޝްތިހާރު
އިޝްތިހާރު

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އެ މައްސަލައިގައި އިސްތިއުނާފު މަރުހަލާގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ގައެވެ. އަދި ހުކުމް އިއްވާފައިވަނީ މިއަދު އެވެ.

ހައި ކޯޓުގައި ކުރިޔަށް ދިޔަ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިންމާފައިވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށް އެމައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ.

 



More from Gohkolhu