ޔޫސުފް ނައީމް މިނިވަންކޮށް، މައްސަލަ އަލުން ބަލަނީ

Thu, 18 Apr 2024 03:34 PM

View on this article on Gohkolhu

ޔޫސުފް ނައީމް މިނިވަންކޮށް، މައްސަލަ އަލުން ބަލަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ދަށު ކޯޓުން ހުކުމްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށް ހައިކޯޓުން ނިންމައިފިއެވެ.



މިހާރު ހައިކޯޓުގައި ކުރިއަށްދާ އިސްތިޢުފާ މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެފައި ވަނީ ޔޫސުފް ނަޢީމުގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ އިންސާފުވެރި ޝަރީއަތެއް ކުރުމުގެ އުސޫލާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން ސާފުވެ އެނގެން އޮންނަ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހައި ކޯޓުގެ ހުކުމުގައި ފާހަގަކުރީ ޔޫސުފް ނައީމްގެ ޝަރީއަތުގައި ދައުލަތުން އޭނާގެ ހެކިތަކަށް ރައްދު ދިނުމުގެ ގޮތުން އިތުރު ހެކިތަކެއް ހުށަހެޅި އިރު، އެ ހެކިތައް ކޯޓުން ބަލައިގަތީ ރަނގަޅަށް ނޫން ކަމަށް ހުކުމުގައި ނިންމާފައިވެއެވެ.

އޭގެ އިތުރުން، ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމާފައި ވަނީ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމާ މެދު އޭނާގެ ފަރާތުން އުފެއްދި ސުވާލުތަކަށް ރިއާއަތް ކުރުމެއް ނެތި ކަމަށް ހުކުމުގައިވެއެވެ.



More from Gohkolhu