ތިން ޖަނަރޭޓަރަކަށް ގެއްލުންވެ ކުޅުދުއްފުށިން ކަރަންޓު ކެނޑިއްޖެ

Mon, 15 Apr 2024 03:44 PM

View on this article on Gohkolhu

ތިން ޖަނަރޭޓަރަކަށް ގެއްލުންވެ ކުޅުދުއްފުށިން ކަރަންޓު ކެނޑިއްޖެ

ކުޅުދުއްފުށި ސިޓީގެ ތިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ރަށުން ކަރަންޓު ކެނޑިއްޖެއެވެ.



ފެނަކަ ކޯޕަރޭޝަނުން ބުނީ ކުޅުދުއްފުށީގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ގުޅިގެން މިއަދު ހެނދުނު 9:15 ހާއިރު މުޅި ރަށުން ކަރަންޓު ކެނޑިފައިވާއިރު، މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނި ގޮތުގައި، މުޅި ރަށަށް އަލުން ކަރަންޓުގެ ހިދުމަތް ދެވޭނެ ކަމަށް ބެލެވެނީ މިއަދު 18:00 ހާއިރު ކަމަށެވެ.

އެ ކުންފުނިން ވަނީ މިކަމާ ގުޅިގެން ދިމާވާ ދަތިތަކަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.



More from Gohkolhu