ޕީއެންސީގެ ގެތަކަށް އެކަނި ކަރަންޓު ދޭން ބުނުމުން އެ ޕާޓީން އެކަން ކުށްވެރިކޮށްފި

Mon, 15 Apr 2024 03:34 PM

View on this article on Gohkolhu

ޕީއެންސީގެ ގެތަކަށް އެކަނި ކަރަންޓު ދޭން ބުނުމުން އެ ޕާޓީން އެކަން ކުށްވެރިކޮށްފި

ކަރަންޓު ދޫކުރަންވީ ސަރުކާރު ހިންގާ ޕާޓީގެ ގެތަކަށް އެކަނި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވި މައްސަލަ ޕީއެންސީ އިން މިއަދު ކުށްވެރިކޮށްފިއެވެ.



ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، “ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީ ގެތަކަށް” ކަމަށް ބުނެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ދިއްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ ދެއްކި އެއްވެސް ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ނޫން ކަމަށާއި އެ ޕާޓީގެ ސިޔާސަތެއް ވެސް ނޫންކަން ފާހަގަކޮށް ޕީއެންސީން ބުނީ ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމަށެވެ.

ރައީސް މުއިއްޒު ވެސް ވަނީ އެ ޕޯސްޓު ރީޕޯސްޓް ކުރައްވާފައެވެ. ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި އަބްދުﷲ ރަޝީދު ވިދާޅުވީ ކަރަންޓު ދޭކަން ވެސް އެއީ ނަސީބެއް ކަމަށާއި ކަރަންޓު ދޫކުރަންވީ ގެތަށް ބަލައި ވަކިވަކިން ކަމަށެވެ.

އަދި މަޖިލިސް އިންތިހާބުގެ ނިމެންދެން ކަރަންޓު ދޫކުރަންވީ ޕީއެންސީގެ ގެތަކަށް އެކަނި ކަމަށް ވެސް ބުންޏެވެ.

މިފަހުން ހިންނަވަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ފެލިވަރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ މޭރުމަކުން ވާހަކަދެއްކި މައްސަލައެއް ފެންމަތިވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.



More from Gohkolhu