އަނިޔާވެރިކަމުގެ ހިތި ސިލްސިލާ އިޔާދަވާން ފަށައިފި

Wed, 27 Mar 2024 11:15 PM

View on this article on Gohkolhu

އަނިޔާވެރިކަމުގެ ހިތި ސިލްސިލާ އިޔާދަވާން ފަށައިފި

އަނިޔާވެރި ނުވެ ވެސް ހިދުމަތް ކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.



ސޯލިހު މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ގުޅިގެން ސޯލިހު ވިދާޅުވީ އެއްވެސް އަސާސެއް ނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަވަނީ ކުރީގައި ވެސް ދުށް އަނިޔާވެރިކަމާއި ޤާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށެވެ.

އޭސީސީއާ ގުޅިގެން ހިންގާ ތަހުގީގާ ގުޅޭގޮތުން، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ފައްޔާޒާ ސުވާލު ކުރަން މާދަމާ މެންދުރު ފަހު 3:00 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ވަނީ އަންގާފައެވެ.



More from Gohkolhu