އެޗްޑީއެފްސީގެ އެމްޑީއަކަށް ޒީނާދު

Wed, 27 Mar 2024 11:07 PM

View on this article on Gohkolhu

އެޗްޑީއެފްސީގެ އެމްޑީއަކަށް ޒީނާދު

ހައުސިން ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޒީނާދު އައްޔަން ކުރައްވައިފި އެވެ.



އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީން ފައިނޭންސް ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ޒީނާދު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފް ގަވަމެންޓް ލޯން ސްކީމްގެ މަގާމާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގައި ވެސް އިސް މަގާމުތަކެއް އަދާ ކުރައްވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2004 ވަނަ އަހަރު އުފެއްދި އެޗްޑީއެފްސީ އަކީ ހައުސިން ސްކީމުތަކަށް ކޮންވެންޝަނަލް އުސޫލުން ލޯނާއި އަދި އިސްލާމީ ޝަރީއާ ހުއްދަ ކުރާ އުސޫލުން ފައިނޭންސް ފެސިލިޓީ ވެސް ދޫކުރާ ކުންފުންޏެކެވެ.

އެޗްޑީއެފްސީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނެނީ ދިވެހި ސަރުކާރުގެ އިތުރުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އިންޑިއާގެ އެޗްޑީއެފްސީ އެވެ.



More from Gohkolhu