ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުން ވާދަ ކުރާނެ

Wed, 17 May 2023 06:16 PM

View on this article on Gohkolhu

ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުން ވާދަ ކުރާނެ

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ އާ ޕާޓީން ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައިފިއެވެ.

ފިކުރެއްގެ ދިރުން ނަމުގައި އާ ސިޔާސީ ޕާޓީއެއް ހަދަން ނިންމައި، އެ ފެކްޝަންގައި ތިއްބެވި ހުރިހާ މަޖިލީސް މެންބަރުން އެމްޑީޕީން އިސްތިއުފާ ދެއްވުމަށް ފަހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމުން ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. އަދި، އިންތިޚާބުގައި އެކުގައި މަސައްކަތް ކުރަން މަޝްވަރާ ކުރަން ޖެހޭ ޕާޓީތަކާ އެކު މަޝްވަރާ ވެސް ކުރައްވާނެ ކަމަށެވެ.

ސަރުކާރާ ދެކޮޅަށް އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމާ އެކު، އެ ފެކްޝަންގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަކިކުރަން އެމްޑީޕީން ވަނީ ނިންމައިފައެވެ. އެ ނިންމުމާ އެކު އުފެދުނު ހިތްހަމަނުޖެހުންތަކުގައި ނަޝީދުގެ އަރިސް 12 މެންބަރުން ވަނީ މިއަދު އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ.

މިއަދު އެމްޑީޕީން އިސްތިއުފާ ދެއްވާފައިވަނީ:

  • މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
  • މުޙައްމަދު ވަހީދު (ވައްޑޭ)
  • އިމްތިޔާޒް ފަހުމީ (އިންތި)
  • ހަސަން ލަތީފު
  • އިލްޔާސް ލަބީބް
  • ޔާސިރު އަބްދުއްލަތީފް
  • ހަސަން އަފީފް
  • އިބްރާހީމް ރަޝީދު (ބޮންޑޭ)
  • ހުސެއިން ފިރުޝާން
  • ހަސަން ޝިޔާން (ގިޓާ)
  • މުޙައްމަދު ރަޝީދު (ބޯދިގު)
  • ގައްދޫ އަހްމަދު ޒާހިރު


More from Gohkolhu