ހަނިމާދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކުރަނީ

Mon, 15 May 2023 07:55 AM

View on this article on Gohkolhu

ހަނިމާދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ހަނިމާދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއިކުރަން ތާވަލުކޮށްފިއެވެ.

މި ރަސްމިޔާތު ބާވަން ތާވަލްކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ 9 ވަނަ ފަންގިފިލާގެ މޫނިމާ މާލަމުގައި މިއަދު 2 ޖަހާއިރުއެވެ. މިރަސްމިއްޔާތަށް ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ހަސަނަން ވަނީ ދައުވަތު އަރުވާފައެވެ.

ކުވެއިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ގެ ދަށުން ހަނިމާދޫގައި ގާއިމްކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ކުރިން އަޅަން ހަމަޖެހިފައިވަނީ 3 ބުރީގެ ހޮސްޕިޓަލް އިމާރާތެއް ނަމަވެސް ސޮއިކުރަނީ 2 ބުރީގެ އިމާރަތެއް އެޅުމަށް ކަމަށް ގޮށްކޮޅަ ވަނީ އިތުބާރު ހުރި މަސްދަރަކުން ކަށަވަރު ކޮށްދީފައެވެ.



More from Gohkolhu