ގެއްލިގެން ހޯދަމުން ދިޔަ ފުވައްމުލަކު ޒުވާނާ ފެނިއްޖެ

Sat, 13 May 2023 11:16 PM

View on this article on Gohkolhu

ގެއްލިގެން ހޯދަމުން ދިޔަ ފުވައްމުލަކު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ޏ. ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ މިއަދުގެ ވަގުތެއްގައި މާލެ އިން ފެނިފައިވާ ކަމަށެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުވައްމުލަކު ދޫޑިގަން އަވަށު ރަންދެލިގެ، ހަސަން ޖަމީލް، 30، ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެގޮތުން އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.



More from Gohkolhu