ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ

Fri, 12 May 2023 11:06 PM

View on this article on Gohkolhu

ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ

މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ހޯދަމުން ދަނީ، ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ)ކަމަށެވެ. އޭނާގެ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 9 ވަނަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މެއި 7 ވަނަ ދުވަހުކަމަށާއި، އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޙަސަން ޖަމީލްގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ



More from Gohkolhu