ސަޢާދާ ޕްރީސްކޫލުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުޑަ ކުދިންގެ ހަވީރެއް ބާވައިފި

Thu, 11 May 2023 08:08 PM

View on this article on Gohkolhu

ސަޢާދާ ޕްރީސްކޫލުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުޑަ ކުދިންގެ ހަވީރެއް ބާވައިފި

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ހިންގަމުން އަންނަ ސަޢާދާ ޕްރީސްކޫލްގެ ފަރާތުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުޑަ ކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ސްކޫލުގައި ތައުލީމް ހާސިލްކުރާ ބޭބީ ނާ
ނާސަރީ އަދި ނާސަރީ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ކުރިއަށްގެންދިޔަ މިހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހަނިމާދޫ ބަނދަރު ސަރަހައްދުގައެވެ.

ހަވީރާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ރައީސް މޫސާ ކައުޔަޝް ކައިލް ވިދާޅުވީ މިއަދަށް ހަވީރު ލަސްކޮށްލީ އެއްދުވަހަކާ ދެ ދިމާލެއްގައި ހަވީރު ކުރިއަށް ގެންގޮސްފިނަމަ ބެލެނިވެރިންނަށް ތަކުލީފަކަށް ވެދާނެތީއެވެ.

ކުރިން ހަމަޖެހިފައި ވީގޮތުން އިއްޔެ އޮތީ ހަނިމާދޫ ކައުންސިލާ ޑަބުލިޔުޑީސީ އަދި މުއައްސަސާތަކާ ކުލަބް ޖަމްއިއްޔާތައް ގުޅިގެން ހަވީރެއް ބޭއްވުމަށެވެ. ނަމަވެސް މިހާރު ވަނީ މިމަހުގެ 15 ވަނަ ދުވަހަށް އެ ހަރަކާތް ފަސްކޮށްފައެވެ.

ސަޢާދާ ޕްރީސްކޫލަކީ 2001 ވަނަ އަހަރުން ފެށިގެ ޕްރީސްކޫލް ތައުލީމް ފޯރުކޮށްދެމުންދާ ސްކޫލެކެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ދުވަހު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްެއިއްޔާއެކެވެ. އެގޮތުން 2001 ވަނަ އަހަރުން ފެށިގެން އަންނަނީ ސަޢާދާ ޕްރީސްކޫލްގެ ނަމުގައި ސްކޫލެއް ހިންގަމުނެވެ.

އަދި އެ ޖަމްއިއްޔާ އަށް ވަނީ 2015 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ލިބިފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ.

މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ



More from Gohkolhu