މައްޔިތާގެ މައްޗަށްވާ ދިރިތިބީންގެ ހައްގު “ކަށުނަމާދު”

Fri, 24 Mar 2023 08:50 PM

View on this article on Gohkolhu

މި ލިޔުމުގައި ބަލައިލަން ގަސްތުކުރަނީ ކަށުނަމާދު ކުރުމަށް ކަންތައް ކުރާނެ ގޮތާއި މައްޔިތާ ވަޅުލާ ވަގުތު ކަންތައް ކުރާނެގޮތަށެވެ. އެގޮތުން ކަށުނަމާދު ކުރުން މީ މައްޔިތާގެ މައްޗަށް ދިރިތިބީން އަދާކުރަން ޖެހޭ ކިފާޔަތުގެ ފަރުލެކެވެ. މާނައީ އެއްބަޔަކު ކުރުމުން އެންމެންގެ ކިބައިން އެކަން ކެނޑިގެންދާ ފަދަ އަޅުކަމެކެވެ.

ކަށުނަމާދުު ކުރުމަށް މައްޔިތާ ހާޟިރުކުރެވުމުން ފިރިހެނެއް ނަމަ އޭނާގެ ކޮނޑާދިމާލަށް އަދި އަންހެނެއް ނަމަ އޭނާގެ ހަށަން ބަނދެފައިވާ ދިމާއަށް އިމާމާ ހުއްޓޭނީއެވެ. މައުމޫމުން މަދު ކަމުގައި ވީނަމަވެސް 3 ސަފަށް އެތުރުން ސުންނަތް ވެގެންވެއެވެ.

ކަށުނަމާދުގައި ރުކޫ ސުޖޫދު ކުރުމެއް ނުވެއެވެ. އަދި ކަށުނަމާދުގައި ހިމެނެނީ 4 ތަކުބީރެވެ. އެގޮތުން މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުމަށް ނިޔަތް ގަނެ ސަފުތައް ތަރުތީބުކޮށް އެތުރުމުން، އިމާމާ ﷲ أكبر ކިޔާ ހަށަން ބަނުމުން މައުމޫމުން ވެސް ﷲ أكبر ކިޔާ ދެއަތް ދެކޮޑާ ހަމައަށް އުފުލާ ހަށަން ބަންނާނީއެވެ. އެއަށްފަހު ސޫރަތުލް ފާތިހާ ނުވަތަ އަލްހަމްދު ކިޔަވާނީ އެވެ.

ދެން ދެވަނަ ތަކުބީރަށް އިމާމު ގޮވާލުމުން ހަށަން މުހައުލާ އަލުން ހަށަންބަނދެ ރަސޫލާ މުހައްމަދު ﷺ ގެ މައްްޗަށް ޞަލަވާތް ކިޔަވާނީއެވެ. އެދެވިގެން ވަނީ އިބުރާހީމް ޞަލަވާތް ކިޔެވުމެވެ. މިނޫން އިބާރާތްތައް ވެސް ބޭނުން ކުރެވިދާނެއެވެ.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحمَّد، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إبْرَاهِيمَ، إِنَّكَ حَميدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحمَّدٌ وَعَلَى آلِ مُحَمَّدٍ، كَمَا بَارَِكْتَ عَلَى إبْرَاهِيمَ وَعَلَى آلِ إبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ (ބައްލަވާ: އަލްބުޚާރީ، ފަތުހުލް ބާރީ 6/408.)

އެއަށްފަހު ތިންވަނަ ތަކުބީރަށް އިމާމާ ގޮވާލުމުން ހަށަން މުހެލާ އަލުން ހަށަންބަނދެ މައްޔިތާއަށް ހެޔޮދުއާ ކުރާށެވެ. މިތަނުގައި ތަފާތު އިބާރާތްތައް ބޭނުން ކޮށްގެން ދުއާކުރެވި ދާނެއެވެ. އެގޮތުން ފިރިހެނެއް ނަމަ ތިރީގައި މި ވާފަދައިން ކިޔާ ދުއާ ކުރެވިދާނެއެވެ.

اللَّهُـمَّ اغْفِـرْ لَهُ ، وَارْحَمْـهُ ، وَعَافِهِ ، وَاعْفُ عَنْـهُ ، وَأَكْـرِمْ نُزُلَـهُ ، وَوَسِّـعْ مُدْخَـلَهُ ، وَاغْسِلْـهُ بِالْمَـاءِ وَالثَّـلْجِ وَالْبَـرَدِ ، وَنَقِّـهِ مِنَ الْخَطَـايَا كَمَا نَـقَّيْتَ الـثَّوْبَ الأَبْيَـضَ مِنَ الدَّنَـسِ،وَأَبْـدِلْهُ دَارًا خَـيْرًا مِنْ دَارِهِ ، وَأَهْلًا خَـيْرًا مِنْ أَهْلِـهِ ، وَزَوْجًا خَـيْرًا مِنْ زَوْجِهِ ، وَأَدْخِـلْهُ الْجَـنَّةَ ، وَأَعِـذْهُ مِنْ عَذَابِ الْقَـبْرِ وَعَذَابِ النَّـارِ

ކުރުކޮށް اللَّهُـمَّ اغْفِـرْ لَهُ ، وَارْحَمْـهُ މިފަދައިން ކިޔާ ދުއާ ކުރެވިދާނެއެވެ.

އަންހެނެއް ނަމައީ ތިރީގައި މިވާ ގޮތަށް ކިޔާ ދުއާ ކުރެވިދާނެއެވެ.

اللَّهُـمَّ اغْفِـرْ لَهَا ، وَارْحَمْهَا ، وَعَافِهَا، وَاعْفُ عَنْـهَا ، وَأَكْـرِمْ نُزُلَـهَا ، وَوَسِّـعْ مُدْخَـلَهَا ، وَاغْسِلْـهَا بِالْمَـاءِ وَالثَّـلْجِ وَالْبَـرَدِ ، وَنَقِّـهَا مِنَ الْخَطَـايَا كَمَا نَـقَّيْتَ الـثَّوْبَ الأَبْيَـضَ مِنَ الدَّنَـسِ ،وَأَبْـدِلْهَا دَارًا خَـيْرًا مِنْ دَارِهَا ، وَأَهْلًا خَـيْرًا مِنْ أَهْلِـهَا ، وَزَوْجًا خَـيْرًا مِنْ زَوْجِهَا، وَأَدْخِـلْهَا الْجَـنَّةَ ، وَأَعِـذْهَا مِنْ عَذَابِ الْقَـبْرِ وَعَذَابِ النَّـارِ

ކުރުކޮށް اللَّهُـمَّ اغْفِـرْ لَهَا ، وَارْحَمْهَا މިފަދައިން ކިޔާ ދުއާ ކުރެވިދާނެއެވެ.

ބައްލަވާ : މުސްލިމް ނަންބަރު 963 އަން-ނަސާޢީ ނަންބަރު 62،1984

ކުޑަ ކުއްޖެއް ނަމައީ
اللَّهُمَّ أَعِذْهُ مِنْ عَذَابِ الْقَبْرِ) وإن قال: (اللَّهُمَّ اجْعَلْهُ فَرَطاً وَذُخْراً لِواَلِدَيهِ، وَشَفِيعاً مُجَاباً، اللَّهُمَّ ثَقِّلْ بِهِ مَوَازِينَهُمَا، وَأَعْظِمْ بِهِ أُجُورَهُمَا، وَأَلْحِقْهُ بِصَالِحِ الْمُؤْمِنِينَ، وَاجْعَلْهُ فِي كَفَالَةِ إِبْرَاهِيمَ، وَقِهِ بِرَحْمَتِكَ عَذَابَ الْجَحِيمِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ، اللَّهُمَّ اغْفِرْ لِأَسْلاَفِنَا، وَأَفْرَاطِنَا، وَمَنْ سَبَقَنَا بِالْإِيمَانِ
ބައްލަވާ : އިބްނު ޤުދާމާ، އަލްމުޣްނީ 3/416

ދެން އިމާމާ ހަތަރުވަނަ ތަކްބީރު ކިޔައި ސަލާމް ދިނުމުން މައުމޫންވެސް އެފަދައިން ކިޔާ ސަލާން ދޭނީ އެވެ. މިހިސާބުން ކަށުނަމާދު ނިމުނީއެވެ.

ދެން މައްޔިތާ ވަޅުލުމަށް ގެންދެވޭއިރު ހިނގާފައި ދާ މީހުން މައްޔިތާގެ ފަހަތުން ދާނީ އެވެ. އަދި ސަވަރީގައި ދަނީނަމަ އޭނާ ދާނީ މައްޔިތާގެ ކުރިންނެވެ. މައްޔިތާ ވަޅަށް ތިރިކުރާއިރު بِسْمِ اللَّهِ وَعَلَى سُنَّةِ رَسُولِ اللَّهِ ( ބައްލަވާ:އަބޫ ދާއޫދު 3/314) މިފަދައިން ކިޔުން ސުންނަތް ވެގެން ވެއެވެ.

މައްޔިތާ ވަޅުލުމަށްފަހު އޭނާގެ މައްޗަށް ސާބިތުކަން ލެއްވުމަށް ދުއާ ކުރުން އެއީ މުހިއްމު ކަމެކެވެ. އަދި اللَّهُمَّ اغْفِرْ لَهُ، اللَّهُمَّ ثَبِّتْهُ (ބައްލަވާ: އަބޫ ދާޢޫދު 3/315،) މިފަދައިން ކިޔާ ދުއާ ކުރެވިދާނެއެވެ. ނުވަތަ އެމީހަކަށް ފަސޭހަ ބަހަކުންވެސް ދުއާ ކުރެވިދާނެއެވެ.



More from Gohkolhu