ކަދުރު ބެހުން މިމަހުގެ 26 އިން އަންނަމަހުގެ 6އަށް

Thu, 23 Mar 2023 12:05 PM

View on this article on Gohkolhu

ކަދުރު ބެހުން މިމަހުގެ 26 އިން އަންނަމަހުގެ 6އަށް

ސަޢުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު މިމަހުގެ 26 ވަނަ ދުވަހު ބެހުމަށް ނިންމައިފިއެވެ. ސަޢުދީ ސަރުކާރުން މިއަހަރު ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިމަހުގެ 26 އިން އަންނަ އޭޕރީލް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކަދުރު ބަހަމުން ގެންދާނެކަމަށެވެ. އެގޮތުން ކަދުރު ބެހުމުގެ ކަންކަން ކުރިއަށްގެންދާނީ އިސްލާމިކް މިނިސްޓްރީގެ ލޮބީގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކަދުރު ބަލާ އަންނައިރު އައިޑީކާޑު ހިފައިގެން އައުމަށް އިލްތިމާސްކޮށްފައެވެ. ކަދުރު ބަހަން ނިންމަފައިވަނީ 1444 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުސޫލުންނެވެ. އެގޮތުން ފަޤީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުންނެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންނެވެ. ސަޢުދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.



More from Gohkolhu