ފައިހުގެ ބަންދަށް 30 ދުވަސް

Wed, 22 Mar 2023 11:22 PM

View on this article on Gohkolhu

ފައިހުގެ ބަންދަށް 30 ދުވަސް

ގްރޫޕް ހަދައިގެން މާރަމާރީ ހިންގުމަށް ފަހު މަހެއް ވަންދެން ފިލައިގެން އުޅެފައި އަމިއްލައަށް ފުލުހާ ހަވާލުވި އިބްރާހިމް ފައިހް ނިޒާމްގެ ބަންދަށް 30 ދުވަސް ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފައިހްގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފައިހް ފޮރުވައިގެން ގެންގުޅުމުގެ ތުހުމަތު، ގްރޫޕެއްގެ އިސް ބަޔަކަށް ވެސް ކުރެ އެވެ.

އެ މައްސަލާގައި ފުލުހުން ވަނީ ފަސް މީހަކު ހައްޔަރު ކޮށްފަ އެވެ. އޭގެތެރެއިން ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާ އިރު ދެ މީހަކު ވަނީ ދޫކޮށްލައިފަ އެވެ.

ފައިހް ހޯދަން އިއުލާންކުރީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ އެވެ



More from Gohkolhu