ހަނިމާދޫގައި މިއަހަރު 3 މިސްކިތުގައި ތަރާވީޙް ނަމާދު ކުރާއިރު، ދެ މިސްކިތުގައި ހިފުޒުކޮށް

Wed, 22 Mar 2023 06:22 PM

View on this article on Gohkolhu

ހަނިމާދޫގައި މިއަހަރު 3 މިސްކިތުގައި ތަރާވީޙް ނަމާދު ކުރާއިރު، ދެ މިސްކިތުގައި ހިފުޒުކޮށް

ހަނިމާދޫގައި 3 މިސްކިތެއްގައި މިއަހަރު ރަމަޟާންމަހު ތަރާވީޙް ނަމާދުކުރަން ހަމަޖެހިފައިވާކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

ހަނިމާދޫ ކައުންސިލްގެ އެސިންޓެންޓް ކައުންސިލް އެގްޒެކޭޓިވް އިބުރާހިމް އަލީ ވިދާޅުވީ މިރެއިން ފެށިގެން ހަނިމާދޫ 3 މިސްކިތުގައި ތަރާވީޙް ނަމާދު ކުރާނެ ކަމަށެވެ.

އެގޮތުން ތައުބާ އަދި މޫސާ އަލީ ގައި ތަރާވީޙް ނަމާދު ކުރާނީ ހިފުޒުކޮށްކަމަށާއި މަސްޖިދުލް ނޫރު ގައި ކުރާނީ ކުރުކޮށް ކަމަށްވެސް އިބުރާހިމް އަލީ ވިދާޅުވިއެވެ. އަދި ހިފުޒުކޮށް ކުރާ ދެ މިސްކިތުގައިވެސް ކަނބަލުންނަށް ހާއްސަކޮށް ސަރަހައްދު ވަކި ކުރެވިފައި ވާނެކަމަށްވެސް އިބުރާހިމް އަލީ ވިދާޅުވިއެވެ.

މި ރަމަޟާންމަހު ހަނިމާދޫގައި ހިފުޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް 2 ހާފިޒުން ވަނީ ގެނެސްފައެވެ. އެއީ ޕާކިސްތާން ދެ ހާފިޒުންނެވެ. ހާފިޒުންގެ އެންމެހާ ހަރަދުތަކެއް ބަލަހައްޓަނީ ހަނިމާދޫ ކައުންސިލުންނެވެ.



More from Gohkolhu