އެމްޕީއެލްގެ ކިޑްސް ކެއަރ ސެންޓަރު ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

Sun, 19 Mar 2023 02:00 PM

View on this article on Gohkolhu

އެމްޕީއެލްގެ ކިޑްސް ކެއަރ ސެންޓަރު ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ޤާއިމުކުރި ކިޑްސް ކެއަރ ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުވައިދެއްވައިފިއެވެ.

ކިޑްސް ކެއަރ ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ.

ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ހުޅުވި އެމް.ޕީ.އެލް ކިޑްސް ކެއަރ ސެންޓަރަކީ އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ޤައިމުކޮށްދިނުމަށްޓަކައި ޤާއިމުކޮށްފައިވާ ސެންޓަރެކެވެ.

ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުންފަދަ އިންތިޒާމުތައް ކުދިންނަށް ހަމަޖެހިފައިވާ މި ކިޑްސް ކެއަރ ސެންޓަރުގައި މިހާރުވެސް 12 ކުދިން ރަޖިސްޓްރީކޮށްފައިވެއެވެ. މި ތަނަކީ 30 އާއި 40 އާއި ދެމެދުގެ ޢަދަދެއްގެ ކުދިންނަށް ޚިދުމަތްދެވޭގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެކެވެ. މިތަނުގެ ޚިދުމަތް އެމް.ޕީ.އެލް.ގެ މުވައްޒަފުންނަށް ހިލޭ ލިބިގެންދާނެއެވެ. މި ސެންޓަރު ހުޅުވިފައި ހުންނަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7 އިން ރޭގަނޑު 7 އަށެވެ.

އެމް.ޕީ.އެލް.ގެ ކިޑްސް ކެއަރ ސެންޓަރު، ރަސްމީގޮތުން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރު ބައްލައްވާލައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

އެމްޕީއެލްގެ “ކިޑްސް ސެންޓަރ” ހުޅުވުމުގެ ހަފުލާގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީ.އީ.އޯ ޝާހިދު ޢަލީ ވިދާޅުވީ މި ޑޭކެއަރ ސެންޓަރު ހެދުމުގެ މައިގަނޑު މަޤްސަދަކީ ސަރުކާރުން އިޖްތިމާޢީ ހަމަޖެހުމާއި، އަންހެނުން ބާރުވެރިކުރުމަށާއި ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރު އަޅައި ސިޔާސަތާ އެއްގޮތަށް، އެމްޕީއެލްގެ މުވައްޒަފުންނަށް ވެސް ލުއި ފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ.

“އަޅުގަނޑުމެންގެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އޮފީހާ ވަރަށް ކައިރީގައި މި ޑޭކެއަރ ސެންޓަރ މި ހުޅުވީ. އެހެންވީމަ، ބްރޭކް ގަޑިތަކުގައި ވެސް ދަރިންނާއެކު ހަމަ ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު މުވައްޒަފުންނަށް ލިބޭނެ،” ޝާހިދު ވިދާޅުވިއެވެ.

އެމް.ޕީ.އެލް.ގެ ކިޑްސް ކެއަރ ސެންޓަރު، ރަސްމީގޮތުން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރު ބައްލައްވާލައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

އެމް.ޕީ.އެލްގައި ޚާއްސަ ކިޑްސް ކެއަރ ސެންޓަރެއް ޤާއިމުކޮށް ހުޅުވާފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ސްޓެލްކޯގައިވެސް ވަނީ މިފަދަ ކިޑްސް ކެއަރ ސެންޓަރެއް ހުޅުވާފައެވެ.


More from Gohkolhu

...