އިސްރާއީލު ސިފައިން ފަލަސްތީނުގެ ތުއްތު ކުއްޖަކު ޝަހީދުކޮށްލައިފި

Thu, 08 Jun 2023 07:50 PM

View on this article on Gaafu

އިސްރާއީލު ސިފައިން ފަލަސްތީނުގެ ތުއްތު ކުއްޖަކު ޝަހީދުކޮށްލައިފި

އިސްރާއިލް ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ތުއްތު ކުއްޖަކު ޝަހީދުކޮށްލައިފި އެވެ.

އުމުރުން ދެއަހަރުގެ މުހައްމަދު އަލް ތަމީމީގެ ބޮލަށް އިޒްރޭލު ސިފައިން ބަޑި ޖަހާފައި ވަނީ އާއިލީ ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީއަށް ދިއުމަށް ބައްޕައާއެކު ކާރެއްގައި އިންދައެވެ. އޭނާ މަރުވީ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދިޔަތާ ތިން ވަނައަށްވި ދުވަހު އެވެ.

ދެއަހަރުގެ މުހައްމަދު އަލް ތަމީމީގެ ޖަނާޒީ އޮތީ މިމަހުގެ 6 ވަނަ ދުވަހު އެވެ. އެގޮތުން އޭނާގެ ޖަނާޒާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ރަމަالله ހޮސްޕިޓަލުން އަންގާރަ ދުވަހު ފެށި ޖަނާޒާގެ ހިނގާލުން ނަބީ ސާލިހް ނަމަކަށް ކިޔާ އަވަށުގައި ހުންނަ އޭނާގެ ގެއާއި ހަމައަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ހިތާމަވެރި ހިނގާލުމުގައި ބައިވެރިވި މީހުން ފަލަސްތީނުގެ ދިދަތަކާއި ބެނާތައް އުފުލާއިރު، ކުޑަކުދިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތައް ކުށްވެރިކޮށް ރުޅިގަދަ އަޑުއުފުލި އެވެ.

މުހައްމަދު އަލް ތަމީމީ މަރުވި މި ހަމަލާގައި އޭނާގެ ބައްޕައަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އަލްތަމީމީ އާއިލާގެ ދިރިއުޅެމުން ދަނީ ހުޅަނގު އައްސޭރީގެ ހިފާފައިވާ ރަމަالله ސިޓީގެ ހުޅަނގުން އޮންނަ ނަބީ ސާލިހުގައި، އިޒްރޭލުގެ އާބާދީއެއް ކަމަށްވާ ނެވޭހް ޓްޒޫފް ކައިރީގަ އެވެ.

އާއިލާ އިން ބުނީ ރަށްވެހިންނާއި ކައިރީގައި ހުންނަ ގެތަކަށް މިފަދަ ބަޑީގެ ހަމަލާތައް ވަރަށް ގިނައިން ހިނގާ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ޔަހޫދީ އިސްރާއީލުގެ ސިފައިންނާއި އާންމުން ފަަލަސްތީނުގެ 29 ކުޑަކުއްޖަކު މަރާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން ގެންދަނީ ކޮންމެ ދުވަަހަކުވެސް ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެތަކެއް ހަމަނުޖެހުންތަކެއް ހިންގަމުންނެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންގެ ގެތައް ތަޅާލުމާއި ގަދަކަމުން ގެދޮރު ދޫކޮށް ދިއުމަށްވެސް ދަނީ މަޖުބޫރު ކުރަމުންނެވެ.

އިސްރާއީލުން ވަނީ،  މިދިޔަ އަހަރުވެސް ފަލަސްތީނުގެ އެތަކެއް ރައްޔިތުން ޝަހީދުކޮށްލާފައެވެ. އެގޮތުން މިދިޔަ އަހަރަކީ އިސްރާއީކުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ފާއިތުވި އަހަރުތަކުގައި ކުރިމަތިވި އެންމެ ނުރައެްކާތެރި އަހަރެވެ.

The post އިސްރާއީލު ސިފައިން ފަލަސްތީނުގެ ތުއްތު ކުއްޖަކު ޝަހީދުކޮށްލައިފި first appeared on Gaafu Online.



More from Gaafu