ބްރޯޑްކާސްޓަރުންނަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިލްތިމާސްއެއް!

Thu, 08 Jun 2023 07:30 PM

View on this article on Gaafu

ބްރޯޑްކާސްޓަރުންނަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިލްތިމާސްއެއް!

ބްރޯޑްކާސްޓަރުން އަތުން ކޮންޓެންޓް ހޯދާ ރީބްރޯޑްކާސްޓަރުންނަކީ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ބައެއް ކަމުގައި ކަށަވަރުކުރުމަށް ބްރޯޑްކާސްޓީންގ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

މިކަން ހާމަކުރީ މިއަދު އެކިމިޝަނުން ނެރުނު ސާކިއުލާއެއްގައި އެވެ.

އެގޮތުން ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ކޮންޓެންޓް، ރީބްރޯޑްކާސްޓްކުރުމުގެ ބޭނުމަށް ޗެނަލް ރައިޓްސް ދޫކުރުމުގައި، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ފަރާތަކީ މި ކޮމިޝަނުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއް ކަމުގައި ކަށަވަރުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާކަމަށެވެ.

އަދި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތްދެމުންދާ ފަރާތްތަކާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހަވާލާދީ ކޮމިޝަނުން ޢަމަލުކުރަމުންގެންދާނެ ކަން އެކިމިޝަނުގެ ސާކިއުލާގައި ވަނީ ބުނެފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ކަންކަން ވިލަރެސްކުރާ މައި ކޮމިޝަނެވެ.

The post ބްރޯޑްކާސްޓަރުންނަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިލްތިމާސްއެއް! first appeared on Gaafu Online.



More from Gaafu