ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ރަސްމީކޮށް ހަވާލުވެއްޖެ!

Tue, 30 May 2023 12:16 AM

View on this article on Gaafu

ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ރަސްމީކޮށް ހަވާލުވެއްޖެ!

އާޖެންޓީނާ އަށް އުފަން އުމުރުން 51 އަހަރުގެ މައުރީސިއޯ ޕޮޗެޓީނޯ ދެ އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީގެ ކޯޗުކަމާއި ރަސްމީކޮށް ހަވާލުވެއްޖެ އެވެ.

ޕޮޗެޓީނޯ އަކީ މީގެކުރިން ސްޕެއިން އެސްޕަނިޔޯލް އާއި ފުރާންސްގެ ޕީއެސްޖީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ސައުތުހެމްޓަން އަދި ޓޮޓެންހަމް އަށް އިރުޝާދު ދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. 

ޕޮޗެޓީނޯ އަކީ ޗެލްސީ މިހާރުގެ ވެރިއާއ ޓޮޑް ބޯލީ އެޓީމާއި ހަވާލުވި ފަހުން، ޗެލްސީ އަށް އިރުޝާުދުދޭ ފުލްޓައިމް ތިންވަނަ ކޯޗެވެ. އޭގެ އިތުރުން، ވަގުތީ ގޮތުން ޗެލްސީ އަށް ދެ ކޯޗުން އިރުޝާދު ދިނެވެ. އެ ގޮތުން ބޯލީ ހަވާލުވިއިރު، ޗެލްސީގެ ކޯޗަކަށް ހުރީ ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް އެވެ.

ޓުޗެލް ވަކިކޮށް ދިގު ކޮންޓްރެކްޓެއްގައި ގެނައީ ބްރައިޓަންގައި ރަގަޅު ނަތީއްޖާތަކެއް ނެރެމުންދިޔަ ގްރަހަމް ޕޮޓާ އެވެ. ފަސް އަހަރުގެ އެއްބަސްވުމެއްގައި ޗެލްސީއާއި ހަވާލުވި ޕީޓާގެ ވަޒީފާ ގެއްލުނީ ޗެލްސީގެ ކޯޗުކަމާއި ހަވާލުވިތާ 07 މަސް ނުވަނީސް އެވެ. ޕޮޓާ ވަކިކުރުމަށް ފަހު، ވަގުތީ ގޮތުން ޗެލްސީ އަށް އިރުޝާދުދިނީ ބްރޫނޯ ސަލްޓޯ އާއި ކުރިން ޗެލްސީ އަށް ކުޅެ ފަހުން، ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ފްރޭންކް ލަމްޕާޑް އެވެ.

ދެ ފަހަރެއްގެ މަތިން ޔޫރަޕުގެ ޗެމްޕިއަން ހޯދާފައިވާ އަދި މިސީޒަނުގެ ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު ޗެލްސީ އިން މިސީޒަން ނިންމާލީ ލީގު ތާވަލުގެ 12 ވަނައިގަ އެވެ. އަދި މިއީ 1994/95 ގެ ސީޒަނަށް ފަހު ޕްރެމިއާ ލީގުގައި ޗެލްސީ އިން ނެރުނު އެންމެ ދަށް ނަތީޖާއެވެ.

ޖުލައި އެއް ވަނަ ދުވަހު ރަސްމީކޮށް ޕޮޗެޓީނޯ ޗެލްސީގެ މަސައްކަތާ ހަވާލުވާއިރު، އޭނާގެ ކޮންޓްރެކްޓްގައިވާ ގޮތުން ދެ އަހަރު ނިމުމަށް ފަހު އިތުރު އެއް އަހަރަށް އެއްބަސްވުން އާ ކުރެވޭނެ އެވެ. ނަމަވެސް އޭއީ ފުރަތަމަ ދެ އަހަރު ތެރޭ ޗެލްސީގެ މެނޭޖުމަންޓް ހިތްހަމަޖެހޭ ވަރުގެ މަސައްކަތެއް ޕޮޗެޓީނޯ އަށް ކުރެވިއްޖެނަމަ އެވެ.

The post ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ރަސްމީކޮށް ހަވާލުވެއްޖެ! first appeared on Gaafu Online.



More from Gaafu